ޓުއަރިޒަމް މިނިސްޓްރީ ހިންގަން ވަގުތީ ގޮތުން ފައްޔާޒާ ހަވާލުކޮށްފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ---

ޓުއަރިޒަމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާ ހަވާލުކޮށްފި އެވެ.

މިނިސްޓަރު ފައްޔާޒަށް ޓުއަރިޒަމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެމަގާމުން މިއަދު ވަކިކުރުމަށްފަހުއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މިނިސްޓްރީ އޮފް ޓުއަރިޒަމް ވަގުތީގޮތުން ހިންގުން މިނިސްޓަރު ފައްޔާޒާ ހަވާލުކޮށްފައިވާ ކަމަށެވެ.

"އަދި، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއީލާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފި" ހޫދު ވިދާޅުވި އެވެ.

އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކޮށްފައި މިވަނީ އޭނާ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް އެވާހަކަތައް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އެކަން ހިނގާފައިވާއިރު ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތުމަށް ފަހު މިމަހުގެ 16 ވަނަ ދުވަހު ބޯޑަރު ހުޅުވާ ފަތުވެރިންނަށް އާދެވޭ ގޮތަށް ތައްޔާރީތައް ދަނީ ވަމުންނެވެ.

comment ކޮމެންޓް