ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރަން ހުށަހަޅައިފި

އަލީ ވަހީދާއި ޖޭޕީގެ ލީޑަރު ގާސިމް: ޖޭޕީގެ ރައީސްކަމުން އަލީ ވަހީދު ވަކިކުރުމަށް ވަނީ ހުށާހަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ މައްސަލަތަކެއް ތުހުމަތުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ވަކިކުރުމަށް ޕާޓީގެ ކައުންސިލަށް ހުށަހަޅައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ. މި މައްސަލަތަކާ ގުޅިގެން ޖޭޕީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމަށް އެޕާޓީގެ ކައުންސިލަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް