ފުލުސް ފްލެޓްތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތީ މުޒާހަރާކޮށްފި

ބިދޭސީން މިއަދު މުޒާހަރާ ކުރަނީ -- ފޮޓޯ/ ކިޔުންތެރިއެއް

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެ މީހުން ހުޅުމާލޭގައި މުޒާހަރާކޮށްފި އެވެ.

އެ ބިދޭސީން މުޒާހަރާކޮށްފައި ވަނީ، އެ މީހުންނަށް އަށް މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށް ބުނެ އެވެ. އަމީން އެވެނިއު ފްލެޓްތަކުގެ ބިއްދޮށުން އޮންނަ ސަރަހައްދުގައި އެ މީހުން މުޒާހަރާ ކުރަން ފެށުމުން އެ ތަނަށް އައި އައިލެންޑް އެކްސްޕާޓް ކުންފުނީގެ ދިވެހި މުވައްޒަފަކާ މެދު މާރާމާރީ ހިންގި ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

މުޒާހަރާ ހުއްޓާލާ އެ މީހުން އެ ސަރަހައްދުން ދިޔައީ، ފުލުހުން ގޮސް ނަސޭހަތް ދިނުމުންނެވެ. އެހެން ނަމަވެސް، "ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭ މުސާރަ ނުދީފި ނަމަ އަނެއްކާ މުޒާހަރާއަށް ނިކުންނާނެ އެވެ.

މުސާރަ ނުދޭ ކަމަށް ބުނެ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުން މިދިޔަ މަހުގެ ތެރޭގައިވެސް މުޒާހަރާކޮށްފައިވެ އެވެ.

comment ކޮމެންޓް