އަޖޭގެ "މައިދާން" އަނެއްކާ ވެސް ފަސްކޮށްފި

ފިލްމުގެ ޕޯސްޓަރެއް---

އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މައިދާން" ރިލީޒްކުރާ ތާރީހް އަނެއްކާ ވެސް ފަސްކޮށްފި އެވެ.

މި ފިލްމު އެންމެ ފުރަތަމަ ސިނަމާތަކަށް ގެންނަން ނިންމީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ދެން ފިލްމު ފަސްކުރީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ފިލްމު މިހާރު މިވަނީ ތިން ވަނަ ފަހަރަށް ފަސްކޮށްފަ އެވެ.

ފިލްމުގެ ލީޑު ތަރި އަޖޭ ކުރި ޓްވީޓެއްގައި ބުނީ ފިލްމު އަންނަ އަހަރުގެ މިނިވަން ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ. އަންނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ފިލްމު ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ އެވެ.

ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ އެ ފިލްމު ޑައިރެކްޓްކުރަނީ އަމިތު ޝަރުމާ އެވެ. މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.

comment ކޮމެންޓް