59 ގައުމަކުން ޔޫކޭއަށް ދާ މީހުން ކަރަންޓީނު ނުކުރާނެ، ރާއްޖެ ނުހިމެނޭ

އިނިގިރޭސިވިލާތުގެ މަގެއްގައި މީހަކު ހިނގައިފައިދަނީ---

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން 59 ގައުމަކުން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނުކުރަން އެގައުމުން ނިންމައިފި އެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެއެއް ނުހިމެނެ އެވެ.

މިހާރު ގަވައިދު އޮންނަ ގޮތުން އެ ގައުމަށްް އެތެރެވާ މީހުން 14 ދުވަހު ކަރަންޓީނުވެ ގޭގައި ތިބެން ޖެހެއެވެ.

އިނގިރޭސިވިލާތުން ލުއި ދޭން ނިންމި ގައުމުތަކަކީ ކޮވިޑް ނުރައްކާ ކުޑަ ގައުމުތަކެވެ.

ލުއި ދޭން ނިންމި ގައުމުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޔޫރަޕްގެ ގައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި ޖަރުމަނުވިލާތް، ފަރަންސޭސި ވިލާތް، އިޓަލީފަދަ ގައުމުތައް ހިމެނެއެވެ. ނަަމަވެސް ސްވިޑަން އޭގެ ތެރޭގައި ނުހިމެނެއެވެ،

އޭޝިއާގެ ގައުމުތަކަށް ބަލާލާއިރު ޖަޕާންވެސް "ސޭފް" ގައުމުތަކުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ޗައިނާއިން އަންނަ މީހުން އަދިވެސް ކަރަންޓީނު ކުރަން ޖެހޭއިރު ހޮންގްކޮންގްއިން އަންނަ މީހުންނަށް ލުއި ލިބެއެވެ.

"ސޭފް" ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމަނާފައި ނުވާއިރު ރާއްޖެ ފަދަ ފަތުރުވެރިންގެ މެދުގައި މަގުބޫލް ސީޝެލްސްއާއި މޮރީޝިއަސް ފަދަ ގައުމުތަކުގެ ލިސްޓުގައި ވަނީ ހިމަނައިފައެވެ.

ބީބީސީން ބުނީ ފެށޭ ހަފްތާގައި އެކި ގައުމުތަކަށް ދަތުރުކުރުމުގައި ޖުމްލަ 75 ގައުމަކުށް ލުއި ދިނުން އެކަށީގެންވާ ކަމަށެވެ.

އިނގިރޭސިވިލާތަކީ ކޮރޯނާ ވަރަށް ބޮޑަށް ފެތުރުނު ގައުމެކެވެ. ނަމަވެސް މިހާރު ކުރިއަށް ވުރެ ބަލި ފެތުރޭ މިންވަރު ދަށްވެ މަޑުމަޑުން ގައުމު ދަނީ ހުޅުވާލަމުންނެވެ. އެގައުމުން މިހާތަނަށް 283،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުނުއިރު 40،000 ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ،

comment ކޮމެންޓް