މާލޭގައި ކޮންސްޓްރަކްޝަން ސައިޓްތަކަށް ހުއްދަ ދޭނީ ވޯކް ވިސާ އޮވެގެން: މޭޔަރު

މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު ސަން ފޮޓޯ/ އަހުމަދު ސައީދު

ރާއްޖޭގައި ކޮންސްޓްރަކްޝަން ސައިޓް ތަކަށް ހުއްދަ ދެވޭނީ ވޯކް ވިސާ އޮވެގެން ކަމަށް މާލެ ސީޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކި ގޮތްގޮތުން ރާއްޖެ ގެނެސް މަސައްކަތް ކުރުވާ އެތައް ބިދޭސީންތަކެއް ރާއްޖޭގައި އެބަ އުޅެ އެވެ. އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވަނީ ވިސާ އާއި ލިޔެކިޔުން ނެތް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝިފާ ވިދާޅުވީ ރާއްޖޭގައި ރިސޯޓު ހަދާށާއި ކޮންސްޓްރަކްޝަން ބޮޑެތި ޕްރޮޖެކްޓް ތަކަށް މީހުން ގެނެސް މުސާރަ ނުދީ ގެންގުޅޭ ކަމަށެވެ. އަދި އެފަރާތްތަކަށް މުސާރަ ނުދީ މާލެ ތެރެއަށް ދޫކުރާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ މުސާރަ ނުދީ މާލެ ތެރެއަށް ދޫކޮށްލާ މައްސަލަ އަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު އެ މައްސަލައަކީ ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ވަނީ ރަހީނުކޮށްފައެވެ. އެމީހުން އިހުތިޖާޖުކުރަމުން ދަނީ ހަތް މަސް ދުވަސް ވަންދެން މުސާރަ ނުދީ އޮތުމުންނެވެ.

އެ ނޫންވެސް އެފަދަ ގިނަ މައްސަލަތަކެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. އެގޮތުން ހުޅުމާލޭގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް އެތައް މަހެއް ވަންދެއް މުސާރަ ނުދީ ބައިތިއްބާފައިވާ މައްސަލައިގައި ގިނަ ބިދޭސީންތަކެއް ވަނީ ދާދި ފަހުން އިހުތިޖާޖުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީ، ފޮނުވާލުމުން މާލެތެރޭ ބިދޭސީން ގިނަވެ ސަލާން ޖެހުމުގެ މައްސަލަތަކެއްވެސް ވަނީ ދާދި ފަހުން ފެންމަތިވެފަ އެވެ.

comment ކޮމެންޓް