ބިންހެލުން ފަދަ ކާރިސާތަކުގައި ރައްކާތެރިވެވޭ ފަދަ ބުލެޓް ރޭލެއް ޖަޕާނުން އިފްތިތާހްކޮށްފި

ޖަޕާނުން އަލަށް އިފްތިތާހް ކުރި ބުލެޓް ޓްރެއިން--

ބިންހެލުންފަދަ ކާރިސާތަކުގައި ރައްކާތެރިވެވޭ ފަދަ ބުލެޓް ރޭލެއް ޖަޕާނުން އިފްތިތާހްކޮށްފި އެވެ.

އަލަށް ހިދުމަތަށް ނެެރެފައި ވަނީ އެން-700އެސް ސީރީސްގެ ބުލެޓް ރޭލެކެވެ. މި ރޭލަކީ ކުރީގެ މޮޑެލްތަކަށް ވުރެ ބާރަށް ދުވާއެއްޗެއް ވެސް މެ އެވެ. އެގޮތުން ގަޑިއަކު 360 ކިލޯ މީޓަރަށް ރެއިލް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ. ނަމަވެސް އެ ރެއިލް ދަތުރުކުރަން ކަނޑައަޅާފައި އިންނަ ސްޕީޑަކީ ގަޑިއަކު 265 ކިލޯ މީޓަރަށެވެ.

އިމެޖެންސީ އަދި ބިންހެލުން ފަދަ ކާރިސާތަކުގައި މި ވައްތަރުގެ ރޭލު އަވަހަށް ބުރަކި ޖެއްސުމުގެ ކުޅަދާނަކަން ލިބިފައިވެ އެވެ.

އެ ރޭލު ހިދުމަތަސް ނެރުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ ރޭލް ދަތުރުކުރުމަށް ހަަމަޖެހިފައި ވަނީ ޖަޕާންގެ ޓޯކިއޯ އަދި އޮސާކާ ގުޅުވައިދޭ ޓޮކައިޑޯ ޝިންކެންސަން ލައިންގެ ތެރޭގައެވެ.

އެ ރެއިލް ހިދުމަތަށް ނެރެން ނިންމީ މިއަހަރު ޖަޕާންގައި ބާއްވަން އޮތް ޓޯކިޔޯ އޮލިމްޕިކްސްއާ ދިމާކޮށެވެ. ޓޮކައިޑޯ ޝިންކެންސަން ލައިން އެންމެ ފުރަތަމަ އިފްތިތާހްކުރީ 1964 ވަނަ އަހަރު އެގައުމުގައި ބޭއްވި އޮލިމްޕިކްސްއާ ދިމާކޮށެެވެ.

ބަލާ ބެލުމަށް އަލަށް ނެރުނު ރޭލް އެން-700އެސް ކުރީގެ މޮޑެލްތައް ކަަމަށްވާ އެން-700އޭ އަދި އެން-700އާ މާބޮޑު ތަފާތެއް ނުހުރެއެވެ. ނަމަވެސް އެން-700އެސްގެ ކުރީކޮޅު ކުޑަކޮށް ތަފާތެވެ. އަދި އިންޓީރިއާ ލައިޓިންއަށް ކުޑަ ތަފާތެއް ގެނެސްފައި ހުރުމުގެ އިތުރުން އެ ރޭލްގައި ކުރިއަށްވުރެ ގިނަ ލަގެޖް އެރުވެއެވެ.

އޭގެ އިތުރުން އާ ރެއިލް ކުރިއަށްވުރެ އަޑުމަޑުވެފައި ދަތުރުތައް ތަންކޮޅެއް "ސްމޫތު" ވާނެއެވެ.-- ސީއެންއެން--

ގުޅޭ ޓެގު
comment ކޮމެންޓް