ފާއިތުވި ހަތަރުމަހުގެެ ކަރަންޓު ބަހާލައިގެން ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ

ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވި ސަބަބާ ގުޅޭގޮތުން ސްޓެލްކޯއިން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މާޗު، އޭޕްރީލް، މެއި އަދި ޖޫން މަހަކީ ކޮވިޑާ ގުޅިގެން އާންމު ދިރިއުޅުމަށް ބަދަލުތަކެއް އައި ހަތަރު މަސްކަމުން އެ ހާލަތާ ގުޅިގެން މި ހަތަރުމަހުގެ ކަރަންޓު ބިލު ދެއްކުމަށް ދަތިވާ ފަރާތްތަކަށް މަސްތަކަކަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދޭން ސްޓެލްކޯއިން ނިންމައިފައެވެ.

ޖޫން މަހުގެ ކަރަންޓުބިލު ބޮޑުވެ ރައްޔިތުންގެ ޝަލުވާ އިންތިހާއަށް ގޮސްފައިވަނިކޮށް އެކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ސްޓެލްކޯ ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކާހުރެ، ކަރަންޓު ބިލު ދައްކަން ދަތިވާ ރައްޔިތުންނަށް ބަހާލައިގެން ބިލު ދެއްކޭނެ ގޮތްތައް ހަމަޖެހިފައިވާނެ ކަމަށެވެ.

"މާޗް އެޕްރީލް، މެއި ޖޫން މި ހަތަރު މަހުގެ ބިލުގެ ތެރެއިން ބިލެއް ނުދެއްކިވާނަމަ ނޫނީ، ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ކުންފުންޏަށް ފޯމެއް ފުރާފައި ލީމާ އެކަން ހަމަޖެހޭނެ،" މުގުނީ ވިދާޅުވިއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް އެމީހެއްގެ ހާލަތު ވަކިން ބެލުމަށްފަހު ހާއްސަ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.

މުގުނީ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ހުޅުވާލާ މި ފުރުސަތުގައި އެކަމަށް އެދޭ ފަރާތްތަކާއެކު ސްޓެލްކޯއިން އެގްރިމެންޓެއް ހަދައި އިންސްޓޯލްމެންޓަށް ބިލު ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.

https://sun.mv/139414

ޑޮމެސްޓިކް އަދި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިންސްޓޯލްމެންޓަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމުގެ ޝަކުވާކުރަމުން ދަނިކޮށް އެ މަހުގެ ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 ޕަސަންޓު ކަނޑާލަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ސްޓެލްކޯއިން ބުނީ ސަބްސިޑީ ލިބޭނީ ހަމައެނަކި ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށެވެ.

ކޮވިޑާ ގުޅިގެން އޭޕްރީލް އަދި މެއިމަހުގެ ކަރަންޓު ބިލުންވެސް ވަނީ 40 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައެވެ.

comment ކޮމެންޓް