ވެމްކޯ ސައިޓުތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލެއް ދޮންނަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ގުޅިގެން އިއުލާން ކޮށްފައިވާ ފުރަބަނދަށް އިތުރު ލުއިތަކެއް ދިނުމާއެކު ވެމްކޯގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލުގެނެސްފި އެވެ.

މި ބަދަލުތަކަށް ވެމްކޯއިން އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

އަލަށް ގެންނަ ބަދަލާއެކު ވެމްކޯގެ ތިލަފުށި ސައިޓު ފިޔަވައި އެހެން ހުރިހާ ސައިޓުތަކުން (މާލެ، ވިލިމާލެ، ހުޅުމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ރ. ވަންދޫ) ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ހިދުމަތް ދޭން ފަށާނީ ހެނދުނު 8:00ގަ އެވެ. ތިލަފުށި ސައިޓުގެ ހިދުމަތްތައް ފަށާނީ ހެނދުނު 8:30ގަ އެވެ.

ވެމްކޯއިން ވަނީ ހިދުމަތް ހޯދާ ކަސްޓަމަރުން މި ބަދަލުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666އަށް ގުޅުމުން ލިބޭނެ އެވެ. ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 6:00 އާ ހަމައަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް