ދިކާޓް: ރާއްޖޭގެ އެންމެ ފުރިހަމަ އީކޮމާސް ޕްލެޓްފޯމް

ދިކާޓް: ރާއްޖޭގެ އެންމެ ފުރިހަމަ އީކޮމާސް ޕްލެޓްފޯމް

ރާއްޖޭގެ އެންމެ ފުރަތަމަ މޮބައިލް ޝޮޕިން އެޕްލިކޭޝަން، ދިކާޓު މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭ އާންމުންގެ އިތުބާރު ހޯދައި، ރާއްޖޭގެ އީކޮމާސް ޕްލެޓްފޯމުގެ މުސްތަގުބަލް ޔަގީންކޮށްފައެވެ.

ދިކާޓަކީ މިއަހަރުގެ ޖެނުއަރީ މަހު ސޮފްޓް ރިލީޒްކޮށް، ފެބްރުއަރީ މަހުގެ ތެރޭގައި އޮފިޝަލް ރިލީޒްކުރި އަދި މިހާރު ރާއްޖޭގެ އެންމެ އިތުބާރު ހިފޭ އީކޮމާސް މޮބައިލް އެޕް އެވެ.

ދިކާޓްގެ މެނޭޖިން ޑިރެކްޓަރު އަލީ ޝިއާން ވިދާޅުވީ ދިކާޓަކީ ހަމައެކަނި ވިޔަފާރިއަކަށް ފެށި މަސައްކަތެއް ނޫން ކަމަށާއި، މިއީ ކޮވިޑް19ގެ ވެސް މާކުރިން ދިވެހި ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް، އެންމެ ފުރިހަމައަށް ދިނުމަށް ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ.

ރާއްޖެއިން ބޭރުގައި އޮންލައިން ވިޔަފާރީގެ ހިދުމަތް ފުޅާކޮށް ދެމުންދާއިރު، ރާއްޖޭގައިވެސް އެ ފެންވަރަށް އެ ހިދުމަތް ނުދެވެންވީ ސަބަބެއް ނެތްކަމަށް ދިކާޓުން ގަބޫލު ކުރެއެވެ. ދިކާޓުން ވިޔަފާރިކުރާ، އަދި ވިޔަފާރިކޮށްފައިވާ ހުރިހާ ކަސްޓަމަރުން ހިތްހަމަޖެހޭ ފެންވަރުގެ ހިދުމަތެއް ދެވޭކަމަށް ދިކާޓުން ގަބޫލު ކުރެއެވެ. ދިކާޓުން އެންމެ އިސްކަންދޭ ކަމަކީ "ކަސްޓަމާ ސެޓިސްފެކްޝަން" އެވެ. ކަސްޓަމަރުން ބޭނުންވާފަދަ ފެންވަރެއް ކަސްޓަމަރުން ގަބޫލު ކުރާ ފެންވަރުގައި ދިނުމަކީ އެ ކުންފުނީގެ އަމާޒެވެ.

ދިކާޓުން ބުނީ ކޮވިޑް19 ގެ އުނދަގޫ ދުވަސްތަކާއެކު، ރާއްޖޭގައި އޮޕރޭޓުކުރާ ގިނަ ވިޔަފާރިތަކަކީ ޑެލިވަރީގެ ހިދުމަތަށް އެއްވެސް ވަރަކަށް ތައްޔާރު ނޫން ވިޔަފާރިތަކެއްކަން އެނގުނު ކަމަށެވެ. އެހާލަތު ކުރިމަތިވިއިރުވެސް ދިކާޓުން އޮތީ، އެންމެ ޕްރޮފެޝަނަލްކޮށް އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ތައްޔާރަށެވެ. ކޮވިޑްގެ ފުރަބަންދު ތެރޭ 9،500 އަށްވުރެ ގިނަ އޯޑަރު، އެއްވެސް ޑިލޭއެއް ނެތި ކަސްޓަމަރުންނަށް ރައްދުކޮށްދީފައިވެއެވެ.

"ކަސްޓަމަރުންގެ ހިތްހަމަޖެހުމަކީ އެންމެ ބޮޑު ޕްރަޔޮރިޓީ،" ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިކާޓުން ދަނީ އެ ޕްލެޓްފޯމުން ލިބޭ އުފެއްދުންތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކޮވިޑް19 އާއި ގުޅިގެން ބައެއް ޝިޕްމެންޓުތައް ހޯލްޑުވެފައި ހުރި ކަމަށާއި މިހާރު އެ މުދާތައް ލިބެމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިތުރ ރޭންޖުތަކުގެ މުދާ ދިކާޓުން ގަނެވޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

"ދެން އެންމެ ބޭނުން ވަނީ މި ހިދުމަތް ރާއްޖޭގެެ ކަންކޮޅުތަކަށް ފުޅާކުރަން، މީގަ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި މި ހިދުމަތް ދޭ ފެންވަރަށް ރަށްރާށުގައި ނުދެވިދާނެ، އަޅުގަނޑުމެން ބޭނުމެއް ނުވޭ ކަމަކަށް ކަމެއް ކުރާ އުސޫލުން އެކަން ކުރާކަށް. ބޭނުންވަނީ މާލޭގެ ރައްޔިތުންނަށް މިދޭ ފެންވަރުގައި، މިހިދުމަތް ދެންހުރި ރަށްތަކަށްވެސް ދޭން، އެކަމަކު އެގޮތަށް އެކަންކުރަން ވަގުތު ނަގާނެ. އެކަމަށް މިހާރުވެެސް ތައްޔާރު ވަމުން ދަނީ،" ޝިއާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިކާޓުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދިކާޓް ގްރޯސަރީސް ތައާރަފުކޮށް، މާލެއާއި ހުޅުމާލޭގެ އެންމެ ފުރިހަމަ އޮންލައިން ގްރޮސަރީ ހިދުމަތްދޭ ޕްލެޓްފޯމަށް ވުން ކަމަށެވެ.

"މި ދިމާވި ބޮޑު ކާރިސާއިން އެނގގެން ގޮސްފި، ރާއްޖޭގެ ވަރަށް މަދު ކުންފުންފުނިތަކެއްކަން އަސްލު، ރައްޔިތުން ބޭނުންވާ ފެންވަރުގައި މި ހިދުމަތް ދެނީ، އެ ގާބިލުކަން ހުރީ،" ދިކާޓުގެ އެމްޑީ ވިދާޅުވިއެވެ.

ދިކާޓުން ބުނީ އެކުންފުނީގެ ޕޮލިސީތައް ގަބޫލުކުރާ އަދި އެފަދަ ޕޮލިސީތައް ގެންގުޅޭ ލިމިޓެޑް އަދަދެއްގެ ކުންފުނިތަކަށް، ދިކާޓު ޕްލެޓްފޯމުގައި މުދާ ވިއްކުމުގެ ފުރުސަތު ވަރަށްއަވަހަށް ހުޅުވާލާނެ ކަމަށެވެ.

ދިކާޓްގެ އެޕް ޑައުންލޯޑުކުރެއްވުމަށް މި ލިންކަށް ފިއްތާލައްވާ.

comment ކޮމެންޓް