ދުވާފަރުގެ މަގުތައް ހެދުގެ 63 ޕަސެންޓް ނިންމައި އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފި

އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: އެމްޓީސީސީ

ރ. ދުވާފަރުގެ މަގުތައް ހެދުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި ބ. އޭދަފުށީގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އޭދަފުށީގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އެކަން މިއަދު އަލުން ފަށައިފައިވާ ކަމަށެވެ.

އެގޮތުން ތާރު އަޅައި އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދޭނެކަމަށް އެމްޓީސީީސީން ބުންޏެވެ. އެ ޕްރޮޖެކްޓްގެ ދަށުން ތާރުގެ ޑީޓެއިލް ޑިޒައިނެއް ސާވޭކޮށް ސޮޓޯމް ވޯޓާ ލިފްޓް ސްޓޭޝަނަކާއި ގްރެވިޓީ ޕައިޕް ނެޓްވޯކޮށް ގާއިމްކުރެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން މަގު ބައްތިތައް ޖެހުމާއި ސްޕީޑް ބްރޭކަރުތައް ގާއިމްކުރުމަށްވެސް ނިންމާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.

ޖުމްލް 38.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އަދި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން އެންމެ ފުރަތަމަ ފެށީ ހަމަ އެ މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޓީސީސީން މިހާރުވެސް ދަނީ ރ. ދުވާފަރުގެ މަގުތައް ހެދުމުގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަމުންނެވެ. އެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާއިރު މަސައްކަތަށް ބޭނުންވާ އެމްސީ- 30 ބިޓުމެންއާއި އެހެނިހެން ތަކެތި މިހާރު ސައިޓަށް ގެންގޮސްފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ ދުވާފަރުގައި ގާއިމްކުރާ ޑްރެއިނޭޖް ސިސްޓަމްއަކީ އިންފިލްޓްރޭޝަން ސިސްޓަމެއް ކަމަށެވެ. އޭގެ ސަބަބުން ދުވާފަރަށް ވެހޭ ފެން ބިމުގެ "ރީތި" ފެންފަށަލައިގެ ތެރެއަށް ފިލްޓަރުވެގެން ދާނެއެވެ. ހުޅުމާލޭގެ ފުރަތަމަ ފޭސްގައިވެސް ބަހައްޓައިފައިވަނީ އެއާ އެއްވައްތަރެއްގެ ސިސްޓަމްތަކެކެވެ.


ދުވާފަރުގެ ޕްރޮޖެކްޓަށް 47.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ދުވާފަރުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަށުން މަގު ބައްތިތަކާއި ސައިން ބޯޑްތަކުގެ އިތުރުން މާކްތަކާއި ސާވިސް ލައިންތައް ހިމެނޭގޮތަށް ކޭބަލް ޖަންކްޝަންވެސް ބަހައްޓަން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން 6813 އަކަމީޓަރުގެ ދުވާރުގެ ސަރަހައްދަކާއި 25،513 އަކަ މީޓަރުގެ ދުއްވޭ ސަރަހައްދެއް ގާއިމްކުރެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

comment ކޮމެންޓް