ރަންވީރު ގެ "ސިމްބާ" އޮސްޓްރޭލިއާގައި އަޅުވަނީ

ސިމްބާގެ ލީޑުން ފެނިގެންދާ ރަންވީރް އާއި ސާރާ.....

ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ސިމްބާ" އޮސްޓްރޭލިއާގައި ސްކްރީންކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޮސްޓްރޭލިއާ ފިލްމު ސްކްރީންކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާއިރު އޮސްޓްރޭލިއާގައި ފިލްމު އަޅުވާނީ އަންނަ މަހު ދެވަނަ ދުވަހު އެވެ. އޮސްޓްރޭލިއާގެ އިތުރުން މި ފިލްމު ފިޖީގައި ވެސް އަޅުވަން ވަނީ ނިންމާފަ އެވެ.

ފިލްމުގެ އެކްޓަރު ރަންވީރު ސިންހް ވަނީ އިންސްޓަގްރާމުގައި ފިލްމުގެ ޕޯސްޓަރުތަކެއް ހިއްސާކޮށްފަ އެވެ. "ސިމްބާ"ގައި ރަންވީރު ކުޅެފައިވަނީ ފުލުހެއްގެ ރޯލެވެ. ފިލްމުގައި ރަންވީރު އާއެކު ލީޑު ރޯލު ކުޅުނީ ސާރާ އަލީ ޚާން އެވެ.

މި ފިލްމު އުފެއްދީ 80 ކްރޯޑް ރުޕީސް އިންނެވެ. ތިއޭޓާތަކުގައި އަޅުވައިގެން އެ ފިލްމަށް ވަނީ 350 ކުރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ.

comment ކޮމެންޓް