ކައިލީ ބަންގްލަދޭޝް މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް

ކައިލީ ޖެނާ --- ފޮޓޯ : ޓައިމްސް މެގަޒިން

މަޝްހޫރު ރިއޭލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ އަންނައުނު ލައިން ކަމަށްވާ "ގްލޯބަލް ބްރޭންޑް ގްރޫޕް"ގެ ބަންގްލަދޭޝްގެ ފެކްޓްރީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ދެކޮޅު ހެދި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގްލޯބަލް ބްރޭންޑް ގްރޫޕްގެ ލޮސް އެންޖެލެސް އަދި ބަންގްލަދޭޝް ފެކްޓްރީގެ އެތައް މުވައްޒަފުންތަކެއް ވަނީ މީގެކުރީން ވަޒީފާއިންވެސް ވަކި ކޮށްފަ އެވެ.

އެގޮތުން ލޮސް އެންޖެލެސް ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 50،000 އެއްހާ މުވައްޒަފުންނަށް ވަނީ އޭގެ އަސަރުކޮށްފައި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ބުނެ އެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ދެކެވެން ފެށި ވާހަކައިން އެނގުނު ގޮތުގައި ބަންގްލަދޭޝްގެ ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިދިޔަ ފެބްރުއަރީ އަދި މާޗު މަހުގެ މުސާރަ ވެސް ނުލިބެ އެވެ. އަދި އެތަނުން އެތައް ބައެއްގެ ވަޒީފާވެސް މިހާރު ގެއްލިފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ މައުލޫމާތު ހިއްސާކުރަމުންނެވެ.

އެކަމާ ގުޅީގެން "ޕޭއަޕް" ނަމުގައި ހާއްސަ ކޭމްޕެއިނެއް ވެސް ވަނީ މިހާރު ފަށާފަ އެވެ. އެ ކެމްޕެއިންގެ ދަށުން ހާއްސަ ޕެޓިޝަނެއް ހަދައި މިހާރު ވަނީ 78،000 އަށްވުރެ ގިނަ މީހުން ސޮއިވެސް ކޮށްފައެވެ. އެ ޕެޓިޝަންގައި ގޮވާލަނީ މުސާރަ ނުލިބި ތިބި މުވައްޒަފުންނަށް ވީހާވެސް އަވަހަށް މުސާރަ ދީ އެ ފަރާތްތަކުންގެ ހައްގުތައް ރައްކާތެރިކުރުމަށެވެ.

އެ މައްސަލައާ ގުޅިގެން ކައިލީގެ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. އޭނާގެ ޕޯސްޓުތަކުގައިވެސް އެތައް ބަޔަކު ދަނީ މުސާރައިގެ ވާހަކަ ދައްކަމުންނެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވެ އެ ކޮމެންޓްތައް ޑިލީޓުކުރާ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް