ފޮނަދޫ މަގުހެދުމުގެ 56 ޕަސެންޓު މަސައްކަތް ނިމިއްޖެ

އެމްޓީސީސީ އިން ކުރިއަށް ގެންދާ ފޮނަދޫ މަގުހެދުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެމްޓީސީސީ

ލ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ 56 ޕަސެންޓު ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ

އެމްޓީސީސީ އިން ބުނީ ފޮނަދޫ މަގު ހެދުމުގެ ޕްރޮޖެކްޓުގެ ދަޑުން އެރަށުގެ 12 މަގެއްގައި 23،848 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ ކަމަށެވެ. މިއީ 3.5 ކިލޯ މީޓަރު ކަމަށް އެ ކުންފުނިން ބުންޏެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި ސްޓޯމް ވޯޓާ މެނޭޖުމެންޓް ސިސްޓަމެއް ގާއިމްކޮށް ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެންނާނެ އެވެ. މީގެ އިތުރުން މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

ފޮނަދޫ މަގުހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ. މަސައްކަް ފަށާފައިވަނީ 2019 ޖޫން 26 ގައެވެ. މަސައްކަތް ނިންމަން ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް