"ލޫސިފާ"ގެ ފަހު ސީޒަން އޮގަސްޓުގައި

ލޫސިފާ ގެ ޕޯސްޓަރެއް---

ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް ލޫސިފާގެ ފަހު ސީޒަން (ސީޒަން ފަހެއް) ދައްކާ ތާރީޚު ހާމަކޮށްފިއެވެ.

ނެޓްފްލިކްސް އިން ބުނީ ލޫސިފާގެ ފަސް ވަނަ ސީޒަން ދައްކާނީ އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. މި ސީޒަނުގައި ޖުމްލަ އަށް އެޕިސޯޑު ހިމެނޭނެއެވެ.

ލޫސިފާގެ ހަތަރު ވަނަ ސީޒަން މިދިޔަ އަހަރު ދެއްކިއިރު، މި ޝޯއަކީ މިދިޔަ އަހަރު އެންމެ ގިނަ މީހުން ސްޓްރީމް ކުރި ސީރީޒްވެސް މެއެވެ.

ފޮކްސް އިން 2016 ވަނަ އަހަރު ފެށި ސީރީޒްގެ ތިން ސީޒަނަށް ފަހު އެ ސީރީޒް ކެންސަލްކުރި ނަމަވެސް ހަތަރުވަނަ ސީޒަނަކަށް ޝޯ އަލުން ގެނައީ ނެޓްފްލިކްސްއެވެ.

ލީޑު ރޯލުން ޓޮމް އެލިސް އަދި ލޯރެން ޖަރމަން ފެނިގެންދާ މި ސީރީޒްއަކީ ދިވެހިންގެ މެދުގައި ވެސް ބޮޑު މަގްބޫލު ކަމެއް ލިބިފައިވާ ޝޯއެކެވެ.

comment ކޮމެންޓް