ބައްޕައިންނަށް ލޯތްބާ އެކު

އާއިލާތައް ބިނާ ކުރުމުގައި މަންމައިންނެކޭ އެއްގޮތަށް ބައްޕައިން އަދާކުރާ ބޮޑު ޒިންމާ އާއި މުހިންމު ދައުރުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރާއްޖޭގައި ފާހަގަ ކުރާ ބައްޕައިންގެ ދުވަހަކީ މިއަދެވެ. ޖޫން 21 ވަނަ ދުވަހެވެ. ހުރިހާ ބައްޕައިންނަށް ދުވަހުގެ ތަހުނިޔާ އެވެ.

މި ދުވަސް އަހަރުމެންނާ ކުރިމަތިމިލަނީ ބޮޑު ބަލި މަޑުކަމެއްގެ ތެރޭގައި ތިއްބަ އެވެ. މިކަމުން ރާއްޖެ ސަލާމަތް ކުރަން ކުރީ ސަފުގައި މަސައްކަތް ކުރާ ބައްޕައިން ގިނަ އެވެ. އެ މީހުންގެ ގުރުބާނީ ބޮޑެވެ. އާއިލާތަކާ ދުރުގައި އެ މީހުން ވަމުން އެ ދަނީ ބޮޑު ގުރުބާނީ އެކެވެ.

"ސަން" ގެ ޓީމުންގެ ފަރާތުން މި ދުވަހު ބައްޕައިންނަށް ގެނެސްދޭ ޓްރިބިއުޓަކީ، އެ މީހުންގެ ހިދުމަތަށްޓަކައި ދަރިންގެ ހިތުގައި އޮތް ޝުކުރާއި ލޯތްބެވެ. ބައްޕައިންގެ ހިދުމަތަށް ޓަކައި އެ ދަރިންގެ ހިތުގައިވާ ޝުއޫރުތައް މި ވީޑިއޯއިން ބަލައިލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު