ރުކެއްގައި ޖެހި ފުލުހުންގެ ވެހިކަލެއް ފުރޮޅާލައިފި

ޖޫން 19، 2020: ލ އިސްދޫގއި ހިނގައިދިޔަ އެކްސިޑެންޓެއްގައި ފުލުހުންގެ ވެހިކަލްއެއް ފުރޮޅާލާފައި. -- (ފޮޓޯ/ޓްވިޓާ/މުހަންމަދު ނިޒާމު)

ލ. އިސްދޫގައި ފުލުހުންގެ ވެހިކަލެއް ދުއްވާފައި ދަނިކޮށް މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ޖެހި ވެހިކަލް ފުރޮޅާލައި، އޭގެ ތެރޭގައި ތިބި ދެ ފުލުހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެހާދިސާ ހިގާފައިވަނީ ރޭ 19:35 ހާއިރު ކަމަށެވެ. ފުލުހުން ދުއްވާފައި ދިޔަ ވެހިކަލް ފުރޮޅާލީ އިސްދޫ އަހުމަދީ މަގުގެ އެއްފަރާތުގައި ހުރި ރުކެއްގައި ވެހިކަލް ޖެހުމުން ކަމަށްވެސް ބުންޏެވެ.

ރުކެއްގައި ޖެހި ވެހިކަލް ފުރޮޅާލިއިރު އޭގެ ތެރޭގައި ތިބި ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހުންނަށް އިސްދޫ ސިއްހީ މަރުކަޒުން ވަނީ ފަރުވާދީފަ އެވެ. އަދި ވެހިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިގައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް