އެލައިޑް އެކްސްޕެޓްރިއޭޓް އިންޝުއަރެންސްގެ ކަންތައް އޮންލައިންކޮށް

ބިދޭސިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ހައްގުތަކުގެ ވާހަކައަކީ އަބަދުވެސް ކޮންމެ މުޖުތަމައުއެއްގައި ވެސް ބާރަށް ދެކެވޭ ވާހަކައެކެވެ. މިދުވަސްކޮޅު މިވަނީ މިވާހަކަތައް ދެކެވެމުންދާ މިންވަރު އިތުރުވެފަ އެވެ. ގޮތް ނޭނގޭ ބަލިމަޑުކަމެއްގެ މުސީބާތަކުން ދުނިޔެ ސިއްސުވާލާފައިވާ މިދަނޑިވަޅުގައި ގިނަ ބައެއްގެ ނުތަނަވަސްކަން ހުރީ އެންމެނަށް އެއް ހަމައެއްގައި ބޭސް ފަރުވާގެ ކަންކަން ފޯރުކޮށް ނުދެވުމުގެ ސަބަބުން ދެން ކުރިމަތިލާން ޖެހިދާނެ ކަންކަމަށް އޮތް ބިރުވެރިކަމުގެ މައްޗަށެވެ. މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހަކަށް ކުރިމަތިވާ ހާލަތަކީ، މިފަދަ ބޮޑު ބަލިމަޑުކަމެއްގައި އަނެކާއަށް ވެސް މެދުވެރިވާ ހާލަތަކަށް ވުމަކީ ދުރުކަމަކަށް ނުވާނެތީއެވެ.

ރާއްޖެއަކީ ގައުމުގެ އާބާދީއާ އަޅާ ބަލާއިރު ބިދޭސީން ގިނަ ގައުމުކެވެ. ސިނާއީ މަސައްކަތްތަކަށާއި އެހެނިހެން މަސައްކަތުގައި ބިދޭސީންގެ ދައުރު ރާއްޖޭގައި ބޮޑެވެ. ނަމަވެސް ގިނަ ބިދޭސިންގެ ދިރިއުޅުމުގެ ހާލަތު ނިކަމެއްޗެވެ. ބަލިމަޑުކަމަށް ހުށައެޅިފައިވާ މިންވަރު އިތުރެވެ.

ބިދޭސީންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ވެސް ގެންގުޅޭ އެއް އުސޫލަކީ އިންޝުއަރެންސް ޕޮލިސީއެވެ. ރާއްޖޭގައި ވެސް ސަރުކާރުން ވަނީ ގައުމީ އިންޝުއަރަންސް ހިދުމަތުގެ ބައިވެރިޔާ؛ އެލައިޑް އިންޝުއަރަންސާއި ގުޅިގެން ވޯކް ވިސާގައި ރާއްޖެ އެތެރެވާ އެންމެނަށް ހިލޭ ބޭސް ފަރުވާ ކުރެވޭނެ ނިޒާމެއް ކަނޑައަޅާފައެވެ.

"އެކްސްޕެޓްރިއޭޓް އިންޝުއަރަންސް"ގެ ނަމުގައި ދޭ މިހިދުމަތަކީ އެނދުމަތިކޮށްގެން ހޯދާ ބޭސް ފަރުވާ ޔަގީންކުރުމަށް ފަރުމާކޮށްފައިވާ، ކޮންމެ ބިދޭސީއަކަށް ވެސް ލާޒިމް ޕެކޭޖެކެވެ. އަދި މިޕެކޭޖް ނަގާފައިވާ ފަރާތެއް ދުނިޔެ ދޫކުރާ ހާލަތްތަކުގައި ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާ ދިނުމުގެ ހަރަދު ހަމަޖައްސާދެނީ އެލައިޑުންނެވެ. ނުވަތަ ރާއްޖޭގައި ވަޅުލުމަށް އެދޭނަމަ އާއިލާއަށް މާލީ އެހީތެރިކަމެއް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެލައިޑުން ފޯރުކޮށްދެއެވެ.

މިއީ ބިދޭސީން ރާއްޖެ އެތެރެކޮށްގެން މަސައްކަތް ކުރާ ފަރާތްތަކަށާއި ބިދޭސީ އާއިލާއަށް ވެސް މުހިންމު، އަހަރަކަށް އެންމެ 550 ރުފިޔާ ހަރަދުވާ ހިދުމަތެކެވެ.

ފުރާނައިގެ އަގަކީ އަގުނުކުރެވޭނެ މިންވަރެކެވެ. އެހެންކަމުން މިފަދަ ކުޑަ ހޭދައަކުން އެކުގައި މަސައްކަތްކުރާ ފަރާތެއްގެ ބޭސްފަރުވާ ޔަގީން ނުކުރަންވީ ސަބަބެއް ނެތެެވެ.

އެލައިޑް އިންޝުއަރަންސުން ބުނީ ލޮކްޑައުންގެ ހާލަތަށް ގައުމު ބަދަލުވީއްސުރެން ފެށިގެން އެކުންފުނީގެ ހުރިހާ ހިދުމަތެއްވެސް، މެދުކެނޑުމެއްނެތި އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައިވާނެ ކަމަށެވެ.

އެގޮތުން، އެކްސްޕެޓްރިއޭޓް އިންޝުއަރަންސް ވެސް ނެގުމާއި އައު ކުރުމުގެ ކަންކަން އެލައިޑްގެ އޮންލައިން ޕޯޓަލް myallied.mv މެދުވެރިކޮށް ފުރިހަމަ ކުރުމަށް އެލައިޑުން އިލްތިމާސްކުރެއެވެ.

ގައިދުރުކަން ބެހެއްޓުމަށް މުހިންމުވެފައިވާ މިހައްސާސް ވަގުތުގައި އޮފީސްތަކަށް ކިއުގައި މަޑުކުރުމަށް ދިޔުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ހޯދާފައިވާ ކުރިއެރުން ވަޒަންކޮށް، މިގޮތްތައް ހިޔާރުކުރުން ބުއްދިވެރިއެެވެ.

comment ކޮމެންޓް