ކޮވިޑާ ގުޅޭ މުދަލުގެ ޑިއުޓީއިން 16 މިލިއަން ރުފިޔާ މައާފުވި

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ފާއިތުވި ފަސް މަހުގެ މުއްދަތުގައި ރާއްޖެއަށް ގެނެސްފައިވާ ކޮވިޑް-19 އާ ގުޅުންހުރި މުދަލުން 16.2 މިލިއަން ރުފިޔާގެ ޑިއުޓީ މައާފުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އިމްޕޯޓު އެކްސްޕޯޓުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ކޮވިޑް19 އާ ގުޅުންހުރި މުދާތަކުން މައާފުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް އެތެރެކުއާ ފޭސްމާސްކާއި، ޑިސްއިންފެކްޓެންޓް، އަންގި، ސެނިޓައިޒާ، ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ ވަނީ ޑިއުޓީ ކަނޑާލައިފައެވެ.

އެތަކެތިން ޑިއުޓީ މައާފުކޮށްފައިވާއިރު ކޮވިޑް-19ގެ ހާލަތު ނިމެންދެއް ޑިއުޓީ މައާފުކުރާނެ ކަމަށްވެސް ކުރީން ވަނީ ހާމަކޮށްފައެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާގޮތުގައި ފާއިތުވި ފަސް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 60 މިލިއަން ރުފިޔާގެ ފޭސް މާސްކް އާއި 41 މިލިއަން ރުފިޔާގެ ހޭންޑް ސެނިޓައިޒާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. ފޭސް މާސްކް އެތެރެކޮށްފައިވާ މިންވަރު 6،417 ޕަސެންޓް އިތުރު ވެފައިވާއިރު ހޭންޑް ސެނިޓައިޒާ ފަދަ ތަކެތީން ވަނީ 252 ޕަސެންޓް އިތުރުވެފައި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

comment ކޮމެންޓް