ސީރިއާގެ ރައީސްގެ ބޮޑުބޭބެއަށް ހަަތަރު އަހަރުގެ ޖަލު ހުކުމެއް

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ބޮޑުބޭބެ ރިފާތު އަލް އަސަދު--

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ބޮޑުބޭބެ ރިފާތު އަލް އަސަދު މަނީލޯންޑްރިންގެ މައްސަލައިގައި ހަތަރު އަހަރަށް ޖަލަށް ލާން ފްރާންސްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ރިފާތުގެ މައްޗަށް ދައުވާ ކޮށްފައި ވަަނީ ސީރިއާގެ ދައުލަތުގެ ފައިސާ ބޭނުންކޮށްގެން 90 މިލިއަން ޔޫރޯގެ ޕްރޮޕަޓީއާއި އޮފީސް ފްރާންސުން ގަންނަން އުޅުނު މައްސަލައިގަ އެވެ.

ނަމަވެސް ރިފާތު އެކަން އެކަން ދޮގުކުރައްވަ އެެވެ. އޭނާ ވިދާޅުވީ އަލުން އެ ހުކުމް ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ.

ކޯޓުުން ވަނީ ލަންޑަން އަދި ޕެރިސްގައި ހުންނަ ރިފާތުގެ ޕްރޮޕަޓީތައް ނެގުމަށެވެެ.

ރިފާތުއަށް ހުކުމް ކުރިއިރު ވެސް އޭނާ އޮންނެވީ ހޮސްޕިޓަލްގަ އެވެ. އިންޓާނަލް ބްލީޑިންގެ ކަންތަކުގައި އޭނާގެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޮންނެވީ ހޮސްޕިޓަލްގަ އެވެ. އޭނާގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ ވެސް ހަމަ އެ ދުވަސްވަރު އެެވެ. ނަމަވެސް ރިފާތު ކުރިންވެސް ވިދާޅުވަމުން ދިޔައީ އޭނާގެ ކުށެއް ނެތް ކަމަށާއި ފައިސާތަކަކީ ސައުދީން އޭނާއަށް ދިން ހަދިޔާތަކެއް ކަމަށެވެ.

ރިފާތުއަކީ ސީރިއާގައި ކުރިން އެންމެ ބާރު ގަދަ އެއް ލީޑަރެެެވެ. މިލިޓަރީ ލީޑަރެއްގެ ގޮތުގައި ކުރިން ހުންނެވި ރިފާތު ވަނީ 1982 ވަނަ އަހަރު ސީރިއާގެ ހަމާގައި ކުރިއަށް ދިޔަ ވަރުގަދަ އެއްވުންތައް ރޫޅާލައި 10،000 އާއި 20،000 މީހުން މަރާލައިފަ އެވެ.

ރިފާތު ވަނީ އޭނާގެ ބޭބެ އަދި ސީރިއާގެ ކުރީގެ ރައީސް ހާފިޒުލް އަސަދުގެ ވެރިކަން ބާޣާވާތަކުން ވައްޓާލަން ވެސް އުޅެފަ އެވެ. ނަމަވެސް އެކަން ނާކާމިޔާބުގެ 1894 ވަނަ އަހަރުން ފެށިގެން އޭނާ ފިއްލަވައިގެން އުޅުއްވަނީ ފްރާންސްގައެވެ.--- ބީބީސީ--

comment ކޮމެންޓް