އިންޑިއާއިން ބައެއް ސިއްހީ ސާމާނު ގެންނަން ހުއްދަ ދީފި

މެއި 14، 2020: މާލޭގެ ހެންވޭރު ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް އިންޑިއާއިން ގަނެފައިވާ ބައެއް ސިއްހީ ސާމާނުތައް ރާއްޖެއަށް ގެނައުމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދީފި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނެފައިވަނީ އެސްޓީއޯއިން ރާއްޖެއަށް ގަނެފައިވާ ސިއްހީ ސާމާނުތައް ވަނީ ކޮވިޑް-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން ރާއްޖެ ގެނެވޭ ގޮތް ކުރީން ނުވެފައި ކަމަށެވެ.

އެހެންނަމަވެސް އިންޑިއާއިން މިހާރު ވަނީ އެ ތަކެތި ރާއްޖެ ގެންދިޔުމަށް ހުއްދަ ދީފައި ކަމަށްވެސް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާ ސާމާނުތަކުގެ ތެރޭގައި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ބޭނުންވާ މާސްކާއި އެނބު ބޭގްސްގެ އިތުރުން އެއާ ކޮމްޕްރެސާ ފަދަ ތަކެތި ހިމެނެއެވެ.

އެސްޓީއޯއިން ގެންނަ ތަކެތި އަންނާނެ ސީދާ ދުވަހެއް ނޭނގެއެވެ.

comment ކޮމެންޓް