"ސަޅަކް 2" ޑިޖިޓަލްކޮށް ރިލީޒްކުރަނީ

ސަޅަކް ގެ ތަރިން---

ކާމިޔާބު ޑައިރެކްޓަރު، ޕްރޮޑިއުސަރު މަހޭޝް ބަޓް އާއި އޭނާގެ އަންހެން ދަރި އަދި ކުޅަދާނަ ބަތަލާ އާލިއާ ބަޓް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމު، "ސަޅަކް 2" ދައްކާނީ ޑިޖިޓަލްކޮށް ކަމަށް ހަބަރުތައް ބުނަން ފަށައިފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިންޑިއާ ސިނަމާތައް އެއްކޮށް ބަންދުކުރުމާއެކު ވަނީ އެއްވެސް ފިލްމެއް ސިނަމާތަކުގައި ރިލީޒްކުރެވޭ ގޮތް ނުވެފަ އެވެ. އަދި އެކަން ދިގުލައިގެން ދާން ފެށުމުން ބައެއް ފިލްމުތައް މިހާރު ވަނީ ޑިޖިޓަލްކޮށް ރިލީޒްވެސްކޮށްފަ އެވެ. ސިނަމާތައް ހުޅުވާނެ ތާރީހެއް އަދިވެސް ނޭނގެ އެވެ. އެކަމާ ގުޅިގެން ބައެއް ޑައިރެކްޓަރުން ވަނީ ފިލްމުތައް ވިއްކައި ޑިޖިޓަލްކޮށް ރިލީޒްކުރުމަށް ނިންމައިފަ އެވެ.

އާލިއާ ބުނެފައި ވަނީ، ބައްޕަ ޑައިރެކްޓު ކުރާ ފިލްމުގެ ލީޑު އެކްޓަރުގެ ގޮތުގައި މަސައްކަތް ކުރުމަކީ މުޅިން އައު ދަތުރަކާއި ތަޖުރިބާއެއް ކަމަށެވެ.

"ސަޅަކް" އަކީ މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ. "ސަޅަކް 2" އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ. އަދި އަދިއްތުޔަ ރޯއީ ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް