ސްޕެއިންގެ ބަލިއާރިކް އައިލެންޑްސްއަށް 11،000 ޖަރުމަނުގެ މީހުން ދަނީ

ސްޕެއިންގެ ބަލިއާރިކް އައިލެންޑްސްގެ ރަށެއް--

ހުއްޓިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހުމުގެ ގޮތުން ޖަރުމަނުގެ 11،000 މީހުން ސްޕެއިންގެ ބަލިއާރިކް އައިލެންޑްސްއަށް ދާގޮތަށް ހަމަޖެހިއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް މުޅި ދުނިޔޭގައިވެސް ވަނީ ހުއްޓިފަ އެވެ.

މާދަމާއިން ފެށިގެން އެ މީހުން އެ ރަށްތަކަށް ދާން ފަށާއިރު ގިނަ މީހުން މިސްރާބު ޖަހާނީ ބަލިއާރިކް އައިލެންޑްސްގައި އޮންނަ މަޔޮރުކާ ކިޔާ ރަށަށެެވެ.

ނަމަވެސް މި ރަށްތަކަށް ދަނީ ފަތުރުވެރިންނެއް ނޫނެެވެ. އެތަނަށް މުޅިންހެން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ފުންނާބު އުސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުންާއި ހޮޓާތަކުގެ އޯނަރުން ހިމެނެ އެވެެ. މި ދަތުރުރަކީ ޓެސްޓަކަށް އެމީހުން ކުރާ ދަތުރެކެވެ.

އެ ރަށްތަކަށް ދާ މީހުން ކޮރޯނާ ވައިރަސް އަށް ޓެސްޓެއް ނުކުރާނެ އެވެ. އަދި ދެ ހަފްތާއަށް ކަރަންޓީނެއްވެސް ނުކުރާނެ އެވެ. ނަމަވެސް އެމީހުންގެ ފިނި ހޫނުމިން ނަގައި އެމީހުން ތިބި ތަންތަނާއި އަދި ކައިރިވި މީހުންގެ މައުލޫމާތު ދޭން ޖެހޭނެ އެވެ.

ސްޕެއިންގެ އިތުމަތީ ސަރަހައްދުގައި ވަކިން އޮންނަ އެ ރަށްތަކަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް ތަނެކެވެ. އޭގެ ތެރެއިންވެސް އިބީޒާއަކީ ވަރަށް މަގުބޫލު ރަށެކެވެ. --ބީބީސީ--

comment ކޮމެންޓް