އިޓަލީގެ ކުރީގެ ނޫސްވެރިއެއްގެ ސްޓެޗޫއަށް ހަމަލާ ދީފި

އިންދުރޯ މޮންޓެނެލީގެ ސްޓެޗޫ--

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާގައި އިޓަލީގެ ކުރީގެ ނޫސްވެރިއެއް ކަމަށްވާ އިންދުރޯ މޮންޓެނެލީގެ ސްޓެޗޫއަށް ބަޔަކު ހަމަލާ ދީފި އެވެ.

މުޒާހަރާ ކުރަމުން ދިޔަ މީހުން ވަނީ އޭނާގެ ސްޓެޗޫއަށް ކުލަ ޖަހައި ހަދައި އޭނާއަކީ ރޭސިސްޓް ނުވަތަ "ނަސްލީ އިމްތިޔާޒް" ގެންގުޅުނު މީހެއްކަމަށްބުނެ އަޑުގަދަކޮށްފަ އެވެ.

ދެހާސް އެއްވަނަ އަހަރު ނިޔާވި ނޫސްވެރިޔާ ވަނީ އޭނާގެ 1930ގެ އަހަރު ތަކުގައި ސިފައިންގެ މީހެއްގެ ގޮތުގައި އުޅުނުއިރު އެފްރިކާގެ ގައުމެއް ކަަމަށްވާ އެރިތުރިއާއިން އަޅު އަންހެނެއް ގަތް ކަމަަށް އެއްބަސްވެފަ އެވެ.

އިންދޮރޯއަކީ ކުރިން އިޓަލީގައި ވެރިކަންކުރި ފޭޝިސްޓް ވެރިއެއް ކަމަށްވާ ބެނީޓޯ މުސޮލީނީގެ ދުވަސްވަރު އަރާ ހުރި ނޫސްވެރިއެކެވެ. އޭނާ މަޝްހޫރުވެފައި އޮތީ އެދުވަސްވަރު ނެރުނު މަޝްހޫރު ފޭޝިސްޓް ނޫހުގައި މަސައްކަތް ކުުރުމުންނެވެ.

މުސޮލީނީގެ ޒަމާނުގައި އިޓަލީގެ އިސްތިއުމާރީ ސިފައިން އިތިއޯޕިއާއަށް އަރަންވެގެން ވިހަ ގޭސް ބޭނުންކުރިކަމަށް ވަރަށް ގިނަ ދުވަހު އިންދުރޯ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

އިޓަލީގެ މިލާންގައި ބަހައްޓާފައިވާ އިންދްރޯގެ ސްޓެޗޫ މިހާރު ވަނީ އެ ސިޓީގެ މުނިސިޕަލް މަސައްކަތު މީހުން ސާފުކޮށްފަ އެވެ.

އިޓަލީގެ އެކްޓިވިސްޓް ގްރޫޕެއް ކަމަށްވާ ރިޓެސްޓުޑެންޓިމިލާނޯގެ މީހަކު ބުނީ އިންދުރޯ ކަަހަަލަ ފޭޝިސްޓް މީގެއްގެ ސްޓެޗޫ ޕަބްލިކްތަނެއްގައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. -ބީބީސީ-

ގުޅޭ ޓެގު
comment ކޮމެންޓް