އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާންމުކޮށް ހުޅުވާލައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު -- ފޮޓޯ/ އެސްޓީއޯ

ލޮކްޑައުންއަށް ގެނައި އިތުރު ލުއިތަކާއެކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ކަސްޓަމަރުންނަށް އާންމުކޮށް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ބުނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން ރޭގަނޑު 9:00އަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވާފައި ހުންނާނެ ކަމަށެވެ.

ހަމައެއާއެކު ފިހާރަ ހުޅުވާލި ނަމަވެސް އެތަނަށް ޒިޔާރަތްކުރާ ކަސްޓަމަރުން ކަމާބެހޭ ފަރާތްތަކުން އަންގާ ގޮތުގެ މަތިން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެސްޓީއޯއިން އިލްތިމާސްކުރެ އެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެސްޓީއޯއިން ކަސްޓަމަރުންނަށް ހިދުމަތް ދެމުން އައިސްފައިވަނީ އޮންލައިންކޮށް ވެބްސައިޓުން އޯޑަރު ނެގުމަށްފަހު ޑެލިވަރީ ކޮށްދީގެންނެވެ.

އެގޮތުން އެންމެ ފުރަތަމަ އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލީ އެސްޓީއޯ ސުޕަމާޓުން ވިއްކާ މުދާ ގަތުމަށެވެ. ނަމަވެސް މި މަހުގެ ކުރީކޮޅު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ މުދާ އޮންލައިންކޮށް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

comment ކޮމެންޓް