ވާދަވެރިއަކު ނުނިކުތް ސަބަބެއް ނޭނގެ: ބައްސާމް

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެއެމް)ގެ އިންތިހާބު މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުން އަންނަ އިރު މިހާރުގެ ރައީސްކަމަށް އިތުރު ކެންޑިޑޭޓެއް ނުނިކުތީ ކީއްވެކަމެއް ނޭނގޭކަމަށް އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓު އަދި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ

އެފްއޭއެމުން އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން ކުއްލި ގޮތަކަށް އިންތިހާބު ބާއްވަން ފެބްރުއަރީ މަހު އިއުލާނުކުރި އެވެ. އެ ގޮތަށް އެކަން ކުރީ ފެބްރުއަރީ ހަތަރެއްގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ރައީސް ބައްސާމް ހުށަހެޅުއްވުމުން އެ ކޮމިޓީން ރުހުން ދިން ދިނުމާ އެއްގޮތަށް އިންތިހާބު ބާއްވަން ނިންމީ އެވެ.

އެއާ އެކު އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ފުރަތަމަ ބޭއްވުމަށް މަސައްކަތްކުރީ މާޗް 20 ވަނަ ދުވަހު އެވެ. އެކަމަކު ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އެ އިންތިހާބު ފަސްކުރީއެވެ.

https://sun.mv/131258

"އަޅުގަނޑާ ވާދަކުރުމަށް ނުވަތަ އަޅުގަނޑުމެންގެ ޓީމާއި ވާދަކޮށްލަން އެހެން ފަރާތަކުން ނާންނަނީ ކީއްވެތޯ، މި ސުވާލަށް ދޭނެ ޖަވާބެއް އަޅުގަނޑަކަށް ނޭނގެ. އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ ކީއްވެގެންކަން ކުރިމަތި ނުލެއްވީ،" އިންތިހާބުގައި އޭނާ އާ ވާދަ ކުރާނެ އެހެން ކެނޑިޑޭޓެއް ނެތުމުން އެކަމަށް އިޝާރާތްކޮށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އޭނާއަށް ލަފާ ކުރެވެނީ އޭނާއާއި ވާދަކުރާނެ ވާދަވެރިއެއް ނުނިކުތީ އެކަމަށް އެކަށީގެންވާވަރަށް ތައްޔާރު ނުވެވޭތީ ކަމަށެވެ.

"އަޅުގަނޑު ވަރަށް އުންމީދު ކުރިން އަޅުގަނޑާ ޗެލެންޖު ކޮށްލާނެ ނުވަތަ އަޅުގަނޑުމެންގެ ޓީމާ ޗެލެންޖު ކޮށްލާނެ ފަރާތެއް އަންނާނެ ކަމަށް، ޗެލެންޖެއް އޮތުމަކީ އަޅުގަނޑުމެންނަށް ވެސް އިތުރަށް ހިތްވަރެއް ލިބިގެންދާ ކަމެއް މި މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، އެހެން ނަމަވެސް މެންބަރު ކުލަބުތަކާއެކު މަޝްވަރާ ކުރާއިރު އަޅުގަނޑު އަބަދުވެސް ބުނާ ވާހަކައެއް އަޅުގަނޑުގެ އެންމެ ބޮޑު އޮޕޯނަންޓަކަށް ވާނީ ފުޓްބޯޅައިގެ ހުރި މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތޭ."

އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް ވާދަ ކުރައްވަނީ، ފުރަތަމަ ޑިވިޝަންގައި މިހާރު އޮތް އަށް ކުލަބުގެ ވެސް އެންޑޯޒްމެންޓާއެކު އެވެ. ކުލަބުތަކުގެ ތާއީދު ދެވަނަ ފަހަރަށް ވެސް ލިބުނީ ރަނގަޅު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ކުލަބުތަކަށް ގަބޫލު ކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/138171

އެފްއޭއެމްގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލާން ނިންމީ ކްލަބްތަކުން ވެސް އެގޮތަށް ބޭނުންވާތީ ކަމަށާއި އަދި އިންތިހާބުގައި ވާދަކުރަން ނިންމުމުގައި ދެ ފަރާތެއްގެ މަޝްވަރާ ހޯދި ކަމަށް ބައްސާމް ވަނީ ކުރިން ވިދާޅުވެފަ އެވެ. އެ ދެ ބޭފުޅުންނަކީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާއި ބައްސާމްގެ ބައްޕަ އަދީލް ޖަލީލް ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް