ފިލްމު "ނަފްރަތުވުމުން" ބައިސްކޯފުން ދައްކަން ފަށައިފި

ފިލްމު "ނަފްރަތުވުމުން"ގެ ޕޯސްޓަރެއް...

މިދިޔަ އަހަރު ސްކްރީންކުރި ފިލްމު "ނަފްރަތުވުމުން" ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ފަށައިފިއެވެ.

ކޮންމެ ހުކުރު ދުވަހެއްގެ ރޭ ނުވައެއް ޖަހާއިރު ގެނެސްދޭ އެ ފިލްމު ބަހާލައިފައި ވަނީ ނުވަ ބަޔަކަށެވެ. ދަރަވަންދޫގެ ހިތްގައިމު މިހައުލުގައި މަންޒަރުތައް ނަގާފައިވާ"ނަފްރަތުވުމުން"ގެ ލީޑު ރޯލުން ފެނިގެން ގޮސްފައި ވަނީ މަރިޔަމް އައްޒައާއި އަލީ އާޒިމް (ދޮން އައްޔަ)އެވެ. އަދި ފިލްމުގެ މުހިންމު ރޯލަކުން އަހުމަދު އީސަ (އާނަންދު)ވެސް ފެނިގެން ގޮސްފައިވެ އެވެ.

އެ ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ އިސްމާއިލް ޝަފީގު އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ތައްޔާރުކޮށް ގެނެސްދިން ފިލްމެކެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް އަލިއަޅުވާލެވިފައިވެ އެވެ. ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ މައްސަލައަކަށް އެ ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ.

comment ކޮމެންޓް