ފުރަބަންދު ވޯކްއައުޓް: މާބަނޑު ދުވަސްވަރު އަދި ވިހެއުމަށްފަހު ކުރާ ކަސްރަތު

މާ ބަނޑުދުވަސްވަރާއި އަދި ވިހެއުމަށްފަހު މި އަންނަ ދުވަސްތަކަކީ އަންހެނެއްގެ ހަށިގަނޑަށް އެންމެ ބޮޑު ބަދަލުތަކެއް އަންނަ ދުވަސްވަރެވެެ. ސިއްޚީ ގޮތުން އެއްވެސް މައްސަލައެއް ނެތްނަމަ ޑޮކްޓަރެއްގެ ލަފައާއިއެކު، ތިމާގެ ހަށިގަނޑަށް ބޭނުންވާ ކަސްރަތު މި ދުވަސްވަރުކުރުމަކީ ވިހެއުމަށްފަސޭހަވެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި އެކުގައިވެސް ފަސޭހައިން ދުޅަހެޔޮކޮށް އުޅުމަށް ވެވޭނެ ވަރަށްބޮޑު އެހީއެކެވެ.

'ފުރަބަންދު ވޯކް އައުޓް' ގެ ދެވަނަ އެޕިސޯޑު މި ހާއްސަކޮށްލަނީ މާބަނޑު ދުވަސްވަރާއި އަދި ވިހެއުމަށްފަހުގައިވެސް ކުރެވޭނެ ކޯ އެންޑް ކްރިބް ވޯކްއައުޓް އަށެވެ. މިއީ ހަށިގަނޑުގެ އަޕާބޮޑީއަށް ހާޢްސަ ކަސްރަތުތަކެކެވެ.

މިއަދުގެ ކަސްރަތުތައްވެސް މި ގެނެސްދެނީ ގެޓް ފިޓްވިތް ރަންގެ ޓީމުން ޑރ. ރަނާ އަހުމަދު ހަމީދުއެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީއަކާއި އެކު އޭނާއަކީ ބަމްޕް އެންޑް ބިޔޯންޑް ޓްރެއިނާއެކެވެ.

ފުރަބަންދު ވޯކްއައުޓް: ރަނާ ގެ ކޯ އެންޑް ކްރިބް ކަސްރަތުތައް

މި ކަސްރަތުތަކުގައި ހިމެނެނީ 5 ބަޔެކެވެ. ކަސްރަތު ކުުރުމަށް ބޭނުންވާނީ ރެސިސްޓަންޓް ބޭންޑެކެވެ. ރަނާ ބުނާގޮތުގައި ފުރަތަމަ ޓްރައިމިސްޓާއާއި ދެވަނަ ޓްރައިމިސްޓާގައި ލައިޓް ރެސިސްޓެންޓް ބޭންޑެއް ބޭނުންކުރެވިދާނެއެވެ. ނަމަވެސް އެންމެ ފަހު ޓްރައިމިސްޓާއަށް ރަނގަޅުވާނީ ހެވީ ރެސިސްޓަންޓް ބޭންޑެކެވެ.

މި އެޕިސޯޑުގައި ހިމެނޭ ކަސްރަތުތަކަކީ؛

  • ނީލިން އެންޑް ރޮޓޭޝަން
  • ލަންޖަސް އެންޓި ރޮޓޭޝަން
  • ފޯވަޑް ނީލިން ޓްރައިސެޕް
  • ފޯވަޑް ޗޮޕް
  • ޓްރައިސެޕް ވްރެޕް

ކޮންމެ ކަސްރަތެއްވެސް 15 ގެ ތިން ސެޓްގޮތަށް ކުރެވިދާނެއެވެ. ނޫންނަމަ 15ގެ ދެ ސެޓްވެސް ހަމަ އެންމެ ރަނގަޅެވެ. ރަނާ ބުނާގޮތުން ކުރާވަރު ބިނާވަނީ އެމީހެއްގެ ބުންވަރަށާއި ހަށިގަނޑަށެވެ.

ފުރަބަންދު ވޯކްއައުޓް: ރަނާ ގެ ކޯ އެންޑް ކްރިބް ކަސްރަތުތައް

ހުރިހާ ކަސްރަތެއްކުރުމުގައިވެސް ނޭވާލުމަށް ސަމާލުކަންދޭންވާނެއެވެ. އަދި ރެސިސްޓަންޓް ބޭންޑް އައްސާލުމަށް ކުޑަ ދަރިފުޅުގެ އެނދު ނުވަތަ ދޮރުގެ އަތްގަނޑުވެސް ބޭނުންކުރެވިދާނެއެވެ. މާބޮޑަށް ބަރުދަން އިތުރުވެ، ބަނޑުބޮޑުނަމަ ކަކޫ ޖެއްސުމަށް މެޓްއެއްވެސް ބޭނުންކުރެވިދާނެއެވެ.

comment ކޮމެންޓް