ވޯގްގެ ބޭރަށް ސިއްހީ ހިދުމަތްތެރިން

ކޮވިޑް-19 އާ ގުޅިގެން މަޝްހޫރު ފެޝަން މެގަޒިން ކަމަށް ވޯގް އިން އަންނަ މަހުގެ އެޑިޝަންގައި ސިއްހީ ނުރައްކަލުގެ ހާލަތުގައި ފްރޮންޓްލައިން ގައި މަސައްކަތް ކުރާ ފަރާތްތައް ހިމަނަން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ އެއް ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކެވެ. ވައިރަސް ކޮންޓްރޯލުކުރުމުގައި އެ ފަރާތްތަކުން ވަނީ ވަރަށް ބުރަ މަސައްކަތްކޮށް އަދިވެސް ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

އެކަމާ ގުޅިގެން ވޯގްގެ ބްރިޓިޝް އެޑިޝަނުން އަންނަ މަހުގެ ވޯގް މެގަޒިން އެޑިޝަން، ފްރޮންޓަލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކުރަން ވަނީ ނިންމާފައި އެވެ.

ވޯގް އިން ބުނެފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އިންސާނިއްޔަތުގެ ރައްކާތެރިކަމާއި ސަލާމަތަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ އަގުވަޒަން ކުރުން ހައްގު ކަމަށް ވޯގް އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ވޯގް މަޖައްލާގެ އަންނަ މަހުގެ އަދަދުގައި ހިމަނާނީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކުގެ ވާހަކަ ކަމަށް ވޯގް އިން ވަނީ ބުނެފަ އެވެ.

ވޯގް ގައި އާންމު ގޮތެއްގައި ހިމަނާނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި އެކްޓްރެސްއިން އަދި މޮޑެލްއިންގެ ވާހަކައާއި އެމީހުންގެ ފެޝަން އާއި ސިއްހަތެވެ. އެހެން ނަމަވެސް މިފަހަރުގެ ޖުލައި މަހުގައި ފްރަންޓްލައިނާސް އަށް ހާއްސަކުރުމުން އެތައް ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް