އިސްރާއިލްގެ ސިފައިން ފަލަސްތީނުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު ޝަހީދުކޮށްލައިފި

އިސްރާއިލުން ޝަހީދުކޮށްލި އިޔާދު--

އިސްރާއިލްގެ ސިފައިން ހަތިޔާރު ނެތް ފަލަސްތީނުގެ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގަޔަށް ބަޑި ޖަހާ ޝަހީދުުކޮށްލައިފިއެވެ.

އިރުމަތީ ގުދުސްގައި ހިނގި އެ ހާދިސާގައި ޝަހީދުވީ 32 އަހަރުގެ އިޔާދު އަލް ހަލަކު ކިޔާ މީހެކެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީއިން ބުނީ އިޔާދަކީ އެ ސަރަހައްދުގައި ހުންނަ ހާއްސް އެހީއަށް ބޭނުންވާ ސްކޫލެއްގައި ކިޔަވަމުންދިޔަ މީހެއް ކަމަށެވެެ.

އިސްރާއިލްގެ ފުލުހުންގެ ތަރުޖަމާނު މިކީ ރޮޒެންފިލްޑް ވިދާޅުވީ އިޔާދު އަތުގައި ފިސްތޯލެއް އޮތް ކަމަށް ޝައްކުވެގެން ހުުއްޓުވަން އުޅުމުގެ ތެރޭގައި ކަަމަށެވެ.

ފަލަސްތީނުގެ މީހުން ބުނީ އިޔާދު ގަޔަށް ބަޑި ޖެހުމަށް ފަހު އޭނާ މަރުވާން ދޫކޮށްލައިފައި ބާއްވާފައި އޮތީ ކަމަށެެވެ.

އިސްރާއިލުން ފަހުން ވަނީ އިޔާދު ދިރުއުޅެމް ދިޔަ ގެ ބަލައި ފާސްވެސްކޮށްފައެެވެ.

އިޔާދުގެ އާއިލާގެ މީހުން ބުނީ އިޔާދުއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި އަދި އޭނާގެ ފަރާތުން މީހަކަށް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެެ.

އިޔާދުގެ ހަށިގަނޑު ފަހުން ވަނީ ތެލްއަވީވްގައި ހުންނަ އަބޫ ކަބީރު ފޮރެންސިކް އިންސްޓްޓިއުޓަށް ބަދަލުކޮށްފައެވެ. ހަމަލާތަކުގައި މަރުވާ ފަލަސްތީނުގެ މީހުން ވަރަށް ގިނައިން އެ ތަނަށް ގެންދާއިރު އެތަނަކީ އެކި ގުނަވަންތަކުގެ ވިޔަފާރި ކުރާކަމަށް މަޝްހޫރުވެފައިވާ ތަނެކެވެ

މިދިޔަ ހުކުރު ދުވަހުވެސް އިސްރާއިލްގެ ސިފައިން ވަނީ ރާމަﷲ ގައި އުޅެމުން ދިޔަ ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފައެވެ. --- އަލްޖަޒީރާ

comment ކޮމެންޓް