ހުކުރުވިލޭރޭ މިހާރު އޮތީ ބައިސްކޯފްގައި

ހުކުރުވިލޭރޭ ގެ ޕޯސްޓަރެއް---

ދެހާސް ހަވަނަ އަހަރު ގެނެސްދިން ބިރުވެރި ފިލްމު ހުކުރުވިލޭރޭ ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ފަށައިފިއެވެ.

އާއިޝަތު ރިޝްމީ އާއި އާމިނަތު ރަޝީދާ (އައިންތު) ގެ ޑައިރެކްޝަނަކަށް ތައްޔާރުކުރި މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ އައިންތު އާއި ޔާރާ ޕްރޮޑަކްޝަންސްއެވެ.

ކާމިޔާބު ބަތަލާ ރިޝްމީ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި މަރިޔަމް އައްޒަ އާއި ޒީނަތު އައްބާސްގެ އެކްޓިންވެސް ފެނިގެން ގޮސްފައިވެއެވެ. އިބްރާހިމް ވަހީދު އަދި އައިޝަތު ރިޝްމީގެ ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށް ގެނެސްދީފައިވާ އެ ފިލްމު ވަނީ ފަސް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ހަ އެވޯޑަކަށް ނޮމިނޭޓްވެ ދެ އެވޯޑެއް ކާމިޔާބުކޮށްފައެވެ. އެ ފިލްމަށް ލިބުނު ދެ އެވޯޑަކީ ބެސްޓް ވިޒުއަލް އެފެކްޓްސްގެ އެވޯޑުގެ އިތުރުން ބެސްޓް މޭކަޕްގެ އެވޯޑެވެ.

comment ކޮމެންޓް