މިހާރު ބައިސްކޯފުން "ފަނާ" ބަލައިލެވޭނެ

ދިވެހި ފިލްމު "ފަނާ"ގެ ޕޯސްޓަރެއް---

ޔާރާ ޕްރޮޑަކްޝަނުގެ ފިލްމު ކަމަށްވާ "ފަނާ" ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ފަށައިފިއެވެ.

ދެހާސް ދިހަވަނަ އަހަރު ގެނެސްދިން ފިލްމު ފަނާގެ ލީޑު ތަރިންނަކީ އާއިޝަތު ރިޝްމީއާއި އަހްމަދު އަޒްމީލްއެވެ. ރިޝްމީ ޑައިރެކްޓްކޮށް ގެނެސްދިން މި ފިލްމު ޕްރޮޑިއުސްކުރީ އޭނާގެ މަންމަ އާމިނަތު ރަޝީދާއެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީވެސް ރިޝްމީއެވެ. ޒީނަތު އައްބާސްއާއި އާމިނަތު ރަޝީދާގެ އެކްޓިން ފެނިގެންދާ ފިލްމު "ފަނާ"އަކީ ފެމެލީ ޑްރާމާއެކެވެ.

ހަވަނަ ގައުމީ ފިލްމު އެވޯޑުގައި މި ފިލްމު 11 ކެޓަގަރީއަށް ނޮމިނޭޓްވެފައިވާއިރު މި ފިލްމަށް ތިން އެވޯޑެއް ލިބުނެވެ. އެއީ އެންމެ މޮޅު އެކްޓަރު، ސަޕޯޓިން އެކްޓްރެސް އަދި އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން އެވޯޑެވެ.

comment ކޮމެންޓް