"އެލީޓް 4" އަންނާނެކަން ނެޓްފްލިކްސްއިން ކަށަވަރުކޮށްދީފި

އެލީޓްގެ މަންޒަރެއް---

ނެޓްފްލިކްސްގެ އެންމެ މަގުބޫލު ސްޕެނިޝް ޝޯތަކުގެ ތެރޭގައި ހިމެނޭ "އެލީޓް"ގެ ހަތަރު ވަނަ ސީޒަނެއް އަންނާނެކަމަށް ނެޓްފްލިކްއިން ކަށަވަރުކޮށްދީފިއެވެ.

މީގެ ކުރިން މީޑީއާތަކުގައި ވަނީ އެލީޓްގެ ހަތަރުވަނަ ސީޒަނެއް އަންނާނެ ކަމަށާއި އެ ސީޒަން އަންނާނީ އަންނަ އަހަރުތެރޭ ކަމަށް ބުނެފައެވެ. މީޑީއާތަކުގައި އެކި ގޮތަށް ޚަބަރު ފަތުރަމުން އައި ނަމަވެސް އޭރު "އެލީޓް 4"ގެ ހަތަރު ވަނަ ސީޒަނެއް އަންނާނެކަން ނެޓްފްލިސްއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ރޭ ނެޓްފްލިކްސް އާއި އެލީޓްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖުގައި ވަނީ ސީޒަން ހަތަރެއް އަންނާނެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.

އެލީޓް 4 އިން ފެނިގެންދާނީ އެރޮން ޕައިޕާ (އެންޑާ)، އޮމަރު އަޔޫސޯ (އޮމަރު)، ޖޯޖިނާ އެމޮރޯސް (ކަޔަޓާނާ) ، އިޓްޒަން އެސްކަމީލާ (ސެމިއުލް)، މިގުއެލް ބެރްނާޑީއޯ (ގުޒްމަން) އަދި ކްރޯޑިއާ ސަލަސް (ރެބެކާ)އެވެ.

އެލީޓް ޓީމުން ބުނީ މިހާރު އަތަށް ސްކްރިޕްޓް ލިބިއްޖެ ކަމަށާއި ސްކްރިޓް ވަރަށް ރީތި ކަމަށެވެ. އަދި ހިތަށް ނަރާ ގިނަ ކަންތައްތަކެއް މި ސީޒަނުން ފެނިގެންދާނެ ކަމަށެވެ.

ދިވެހިންގެ މެދުގައިވެސް މަގްބޫލް ސީރީޒް "އެލީޓް" ދައްކާނެ ދުވަހެއް އަދި ޝޫޓިން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އަންނަ އަހަރުތެރޭ އެލީޓްގެ ހަތަރުވަނަ ސީޒަން އަންނާނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް