ކޮރޯނާއާ ދެކޮޅު އެންޓިބޮޑީސް ހުރީ ސްޕެއިންގެ އެންމެ 5 ޕަސަންޓު މީހުން ގައިގައި: ދިރާސާ

ސްޕެއިންގެ މީހުން ލޮކްޑައުންގައި---

ކޮރޯނާ ވައިރަސްއާ ދެކޮޅަށް ހަށިގަނޑުގައި އެންޓި ބޮޑީސް އުފެދިފައި ހުރީ ސްޕެއިންގެ މުޅި އާބާދީގެ އެންމެ ފަސް ޕަސެންޓް މީހުންގެ ގައިގައި ކަމަށް އެގައުމުން ހެދި ދިރާސާއެއްގައި ބުނެފި އެެވެ.

ސްޕެއިންގް ނޭޝަނަލް އެޕިޑެމޮލޮޖީ ސެންޓަރުގެ ޑިރެކްޓަރު މަރީނާ ޕޮލާން ވިދާޅުވީ ސްޕެއިންގެ މީހުން "ހާޑް އިމިއުނުޓީ" އަކަށް ދާން ކައިރި ވެސް އަދި ނުވާ ކަަމަށެެވެ. އެހެންކަމުން ދެވަނަ ފޭސްއެއްގައި އަނެއްކާ ވެސް އެ ބަލި ފެތުރިގެން ހިނގައިދާނެ ކަމަށް ވަނީ ބުނެފަ އެެވެ.

ހާޑް އިމިއުނިޓީއަކަށް ދިއުމުން އާބާދީއެއްގެ ގިނަ ބައެއްގެ ގައިގައި އެންޓި ބޮޑީސް އުފެދި ބަލި ފެތުރުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެ އެެވެ.

ދިރާސާއިން އިތުރަށް ދެއްކި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރެއިން 87 ޕަސެންޓް މީހުންގެ ގައިގައި އެންޓިބޮޑީސް ހުއްޓެވެެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް އަލާމާތަށް ވުރެ ގިނަ އަލާމާތްތައް ފެނުނު މީހުންގެ ގައިގައި އެންޓި ބޮޑީސް ހުރިވަރު ގިނަ އެެވެ.

ކޮވިޑް ޖެހުނު ބައެއް މީހުންގެ ގައިން މާ ބޮޑު އަލާމާތެއް ނުފެންނަ އިރު އަނެއް ބައި މީހުންގެ ގައިން ބޮޑެތި އަލާމާތްތައް ފެނި ހާލު ވަރަށް ބޮޑަށް ގޯސްވި އެެވެ.

އެ ދިރާސާގައި ބަލި އެންމެ ބޮޑަށް ފެތުރުނު މެޑްރިޑް ފަދަ ސަރަަހައްދުތަކުގައި އެންޓި ބޮޑީސް އުފެދުނު މިންވަރު ބޮޑު ކަމަށް ދެއްކި އެވެ. އެންޓިބޮޑީސް އުފެދުމުގައި އަންހެނުންނެކޭ ފިރިހެނުންނެކޭ މާބޮޑު ތަފާތެއް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

ސްޕެއިން އަކީ މުޅި ޔޫރަޕްގައި ވެސް ކޮރޯނާ އެންމެ ބޮޑަށް ފެތުރުނު އެއް ގައުމެވެެ. އެގައުުމުގެ ހާލަތު ގޯސްވެ، މާޗް 14 އިން ފެށިގެން އޮތީ ކުއްލި ހާލަތުގަ އެވެ. ނަމަވެސް މިހާރު ބަލި ފެނުން މަދުވެފައިވާތީ ގައުމު ދަނީ މަޑުމަޑުން ހުޅުވާލަމުންނެވެ.

ސްޕެއިންއިން މިހާތަނަށް ކޮރޯނާ ޖެހިފައިވާ 272،646 މީހަކު ފެނިފައިވާއިރު އެބަލީގައި 27،321 މީހަކު ވަނީ މަރުވެފަ އެެވެ.

ސީއެންއެން

comment ކޮމެންޓް