ބަންސާލީ އަށް 15 ކުރޯޑުގެ ގެއްލުމެއް

ޑައިރެކްޓަރު ބަންސާލީ....

އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ"ގެ ސެޓު އެއްކޮށް ރޫޅައިލަން ޖެހިއްޖެ އެވެ.

ސަންޖޭ ލީލާ ބަންސާލީގެ އެ ފިލްމުގެ ޝޫޓިން މެދުކެނޑިފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ފިލްމު ޝޫޓްކުރުމަށް ތައްޔާރުކުރި ސެޓު ވަނީ ބޭނުންނުކުރުމުގެ ސަބަބުން ހަލާކުވާން ގާތްވެފައެވެ. އެކަމުގެ ސަބަބުން ބަންސާލީ މިހާރު ވަނީ އެ ސެޓު އެއްކޮށް ރޫޅާލަން ނިންމައިފައެވެ. އެ ސެޓު ރޫޅާލުމާއެކު އޭނާ އަށް 15 ކުރޯޑުގެ ގެއްލުމެއް ލިބިގެންދާނެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރަން ނިންމި އެ ފިލްމު މިއަހަރުތެރޭ ދެން ނުފެންނާނެކަމަށް ޚަބަރުތައް ބުނެއެވެ. ބަންސާލީގެ ޕްރޮޑަކްޝަން ހައުސް އިން ތައްޔާރުކުރި އެ ސެޓު ހަލާކުކޮށްލަން ނިންމީ އިންޑިއާގެ ލޮކްޑައުން ދެމިގެންދާނެ ދުވަހެއް ނޭނގޭތީއެވެ.

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.

comment ކޮމެންޓް