ލައިސަންސް ނެތި ސައިކަލް ދުއްވަނިކޮށް އެކްސިޑެންޓެއް

ކުޑަހުވަދޫގައި ހިނގި އެކްސިޑެންޓް --- ފޮޓޯ: ޕޮލިސް

ދ. ކުޑަހުވަދޫ މެރިންޑްރައިވް މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގޮސް، އެމަގުގައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ސައިކަލު ކޮންޓްރޯލު ނުވެގޮސް ކެފޭއެއްގެ ކުރިމަތީ ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 6:15 ހާއިރު ކަމަށް ފުލުުން ބުންޏެވެ.

މި އެކްސިޑެންޓު ހިނގިއިރު، އެ ސައިކަލުގައި ދެ މީހަކު ތިބިކަމަށާއި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސް، ސައިކަލު ފަހަތުގައި އިން އުމުރުން 18 އަހަރުގެ މީހާގެ ކަނާތު ފައިގެ ކުޑަހުޅުން ދުޅަވެެ، ބޮލުގެ މަތިން ކުޑަތަންކޮޅެއް ފަޅައިގެން ގޮސް، ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި ދުއްވާފައި ދިޔަ ސައިކަލަށާއި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށާއި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް