އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުންނަށްވެސް ފިލާވަޅުތައް ގެންގޮސްދެނީ

އެޑިއުކޭޝަން މިނިސްޓަރު ސްކޫލް ކުދިންތަކަކާއެކު-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އިންޓަނެޓާއި ޓީވީ ނުލިބޭ ދަރިވަރުންނަށްވެސް ފިލާވަޅުތައް ގެންގޮސްދޭނަކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިހާރު މަސް ދުވަސް ވާން ވަނީ ކައިރިވެފަ އެވެ. ދަރިވަރުންނަށް މިހާރު ކިޔަވައިދެމުންދަނީ ޓީވީ އާއި އިންޓަނެޓްގެ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިންޓަނެޓާއީ ޓީވީ ނުލިބޭ ކުދިންނަށް ފިލާވަޅުތައް ގެނެސްދިނުމަށް ޕްލޭންތަކެއް އެބަހުރި ކަމަށެވެ.

"އެއް ޕްލޭނަކީ ފިޒިކަލް ޑިސްޓެންސިން ޕްރެކްޓިސްކުރާ ގޮތަށް ސްކޫލްތަކަށް ހާޒިރުވެ ސްކޫލްގެ ޑިވައިސްތަކުން އިންޓަނެޓް އެކްސެސްވާނެގޮތުން އެކުދިންގެ ޑިވައިސްތަކަށް ހަދާދިނުން. އެގޮތަށް އަޅުގަނޑުމެން ބައެއް ސްކޫލްތަކުގައި އަމަލުކުރަން.ދެން އެއްވެސް ހާލަތެއްގައި ގެއިން ނުނިކުމެވޭނަމަ ޕާޕާ ބޭސްކޮށްވެސް އެ ލެސަން އެކުއްޖާއާ ހަމައަށް އެބަގެންދަން ދެން ފޯނު މެދުވެރިކޮށް ބެލެނިވެރިޔާގެ ފޯނަށް ގުޅައިގެންވެސް އެބަ ލެސަން އެބަ ގެންދޭ ކޮންމެވެސް ގޮތަކަށް ލެސަންތައް އެކުދިންނާ ހަމައަށް ދާނެކަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިދުވަސްވަރު އިތުރު ޓެބްލެޓްތަކާ ޓީވީވެސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ފަންޑިން ހޯދާފަ އެކަމުގެ މަސައްކަތްތަކެއްވެސް އެބަ ކުރިއަށްދާކަަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ބައެއް ވަލްނަރަބަލް ކުދިންގެ ހާލަތުވެސް ކައުންސިލަރުންނާ ޓީޗަރުން ކޮންމެ ދުވަހަކު އެއްފަހަރު ބަަލަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ކުދިންނަށް ދަތިވާކަންތައްތައް ސްކޫލް މެދުވެރިކޮށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް