ގޭގައި ތިބެގެން ސޮނީގެ ވެބްސައިޓުން ރޯދައަށް ބާޒާރު ކުރެވޭނެ

ސޮނީ ހޯމް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރަމަޟާން މަހަށް ވަގުތު ކުޑަތަންވަމުން އަންނައިރު، މިހާރު އެންމެ ބާރަށް ކުރާނެ ކަމަކީ ރޯދައަށް ބޭނުންވާނެ ސާމާނު ގަތުމުގެ މަސައްކަތެވެ. ބަދިގޭގެ ސާމާނު އާކޮށްލުމެވެ.

އެކަމަކު މި ދުވަސްވަރުގެ ގޮތުން ބޭރަށް ނިކުމެ ފިހާރަތަކަށް ވަދެ، ވިޔަފާރި ކުރުމަކީ އުނދަގޫ ކަމެކެވެ. އިޖުތިމާއީ ގައިދުރުކަން އިހުތިޔާރު ކޮށްގެން ގޭގައިތިބެ، ފަސޭހައިން ވިޔަފާރިކުރުމަކީ މިހާރު ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ.

ސޮނީގެ ވެބްސައިޓު މެދުވެރިކޮށް ގޭގައި ތިބެގެން ވިޔަފާރިކޮށްލެވޭނެ ފުރުސަތު އެމީހުންގެ ކަސްޓަމަރުންނަށް އެބައޮތެވެ. ގަންނަ މުދާ މާލެ އާއި ހުޅުމާލެ އަށް އަދި ޖެޓީތަކަށާއި ބޯޓު ފަހަރަށް ހިލޭ ޑެލިވަރީ ކޮށްދެއެވެ. ސޮނީ އިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ މަގު ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. މީގެ ފައިދާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަނީ ލިބެމުންނެވެ.

ސޮނީ އިން ވިއްކާ އުފެއްދުންތަކަކީ ތިމާވެއްޓާ ރައްޓެހި، ސިއްހީގޮތުން ބަލާއިރު ގެއްލުން ކުޑަ އުފެއްދުންތަކެވެ. ރޯދަ މަހު ގޭގޭގެ ސުފުރާމަތީ ބޭނުންކުރާ ކޮންޓެއިނާ ތަށި ސޮނީ އިން ވިއްކާއިރު، މިއީ ބީޕީއޭ ފްރީ އުފެއްދުންތަކެކެވެ. ޓެފަލް ބްރޭންޑުގެ ތެލިތަކުގެ ކޯޓިން އަކީ ހާއްސަ ހެލްތް ޕްރޮޓެކްޓިވް ކޯޓިން އެއް އެކުލެވޭ އުފެއްދުންތަކެކެވެ.

ސޮނީގެ ވެބްސައިޓު މެދުވެރިކޮށް ގޭތެރެއަށް ބޭނުންވާ ސާމާނާއި ޕަވަ ޓޫލްސްވެސް ގަނެވޭނެއެވެ. ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ދަށުން ކާޗާ، ބޯޝް، ހެޔާ، ޓެފަލް، ޖޯސެފް އެންޑް ޖޯސެފް ފަދަ ބްރޭންޑުތަކުގެ ސާމާނު ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަގީންކަން ސޮނީ އިން ދެއެވެ. މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

comment ކޮމެންޓް