ރައީސް އޮފީސް ފާރަށް ލޮރީއެއް އަރައިފި

ރައީސް އޮފީހުގެ ފާރަށް ލޮރީއެއް އުރިފައި--

ރައީސް އޮފީހުގެ ފާރަށް ލޮރީއެއް އަރައިފި އެވެ.

ފުލުހުން ބުނީ ޝަހީދު އަބްދުﷲ ހިނގުމުން ނިކުމެގެން ބޮޑުތަކުރުފާނު މަގަށް އެޅި ލޮރީއެއް ރައީސް އޮފީހުގެ މައި ދޮރޯށި ހުންނަ ފާރުގައި ޖެހި އެކްސިޑެންޓެއް ވެގެން މިއަދު ހެނދުނު 11:07 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ބެލެވެނީ ލޮރީގެ ހުންގާނު ތާށިވެގެން ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓްގައި ލޮރީގެ ވައަތްފަރާތް ގޭނިފައިވާއިރު، ރައީސް އޮފީހުގެ ފާރުގައި ލޮރީ ޖެހުނު ތަނުން ސިމެންތިގަނޑެއް ވަނީ ނެއްޓިފަ އެވެ.

"މި އެކްސިޑެންޓްގައި ލޮރީ ދުއްވަން ހުރީ 30 އަހަރުގެ ދިވެހި ފިރިހެނެއް. އެ މީހާ އަތުގައި ލައިސެންސް އޮވޭ، ނަމަވެސް ކެޓަގަރީ ނެތްކަން ފާހަގަ ކުރެވިފައިވޭ." ފުލުހުން ބުނެ އެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް