ފަސް ނުކުރާނެކަމަށް ބުނި "ސޫރިޔަވަންޝީ" އެންމެ ފަހުން ފަސްކޮށްފި

ފިލްމުން ފެނިގެންދާ ތަރިން---

މި ދަނޑިވަޅުގައި ފިލްމު ފަސް ނުކުރާނެކަމަށް ބުނި ފިލްމު "ސޫރިޔަވަންޝީ" ފަސްކޮށްފި އެވެ.

ފިލްމުގެ ލީޑު ތަރި އަކްޝޭ ކުމާރު ކުރި ޓްވީޓެއްގައި ބުނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ގެ ސަބަބުން ފިލްމު ފަސްކުރަން ނިންމާފައިވާކަމަށެވެ. އަދި ފިލްމު އަޅުވަން އެންމެ ރަނގަޅު ވަގުތެއްގައި ފިލްމު އަޅުވާނެކަމަށްވެސް އަކްޝޭ ބުންޏެވެ. އަކްޝޭގެ ޓްވީޓްގައި ބުނީ ފުރަތަމަ އިސްކަން ދޭންޖެހޭނީ ސިއްހަތާއި ތިމާ މީހާގެ ރައްކާތެރިކަމަށްކަމަށެވެ. އެކަމުގެ ސަބަބުން ފިލްމު ފަސްކުރަން ނިންމީ ކަމަށެވެ.

ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ކަމަށްވާ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަންވެސް މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ބަތަލާ ކެޓްރީނާ ކެއިފް އެވެ. "ސޫރިޔަވަންޝީ" އަކީ"'ސިންގަމް" އަދި "ސިމްބާ" ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް "ސިންގަމް" ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް