ކަރީނާ ކަޕޫރަށް އިންސްޓަގްރާމަށް މަރުހަބާ

ކަރީނާ ކަޕޫރު މިހާރު އިންސްޓަގްރާމް ބޭނުންކުރޭ---

ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު އިންސްޓަގްރާމް ބޭނުންކުރަން ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކަރީނާ އިންސްޓަގްރާމް ބޭނުންކުރަން ފެށިއިރު މިހާތަނަށް އޭނާ އަށް ވަނީ 1.2 މިލިއަން ފޮލޯވަރުން ލިބިފައެވެ. ކަރީނާ އިންސްޓަގްރާމަށް ވަނުމާއެކު އޭނާގެ ފޭނުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.

ހަތަރު ޕޯސްޓެއް މިހާތަނަށް ކަރީނާކުރި އިރު އޭނާގެ އެންމެ ފަހު ޕޯސްޓުން ފެނިގެންދަނީ ކަރީނާ އާއި އޭނާގެ ދަރިފުޅު ތައިމޫރު އަލީ ޚާންއެވެ.

ކާމިޔާބު ބަތަލާ ކަރީނާ އެންމެ ފަހުން ސްކްރީނުން ފެނިގެން ގޮސްފައިވަނީ އަކްޝޭ ކުމާރު އާއެކު "ގުޑް ނިއުޒް"އިންނެވެ. އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބުނުއިރު އެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 300 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ތަޚުތު" އިންނެވެ.

comment ކޮމެންޓް