ފޭދޫގައި ހިނގި ކާރު އެކްސިޑެންޓެއްގައި ފާރެއް ވެއްޓިއްޖެ

ފޭދޫގައި މިއަދު ހިނގި އެކްސިޑެންޓު -- ފޮޓޯ/އެމްވީ ކްރައިސިސް

އައްޑޫ ސިޓީ ފޭދޫގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ބައިސްކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:45 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގި ވަގުތު ބައިސްކަލްގައި ކާރު ޖެހި ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހުމުގެ ސަބަބުން ފާރު ވެއްޓިފައިވާ ކަމަށެވެ.

އެކްސިޑެންޓު ހިނގި އިރު ބައިސްކަލް ދުއްވަން އިނީ ދިވެހި އަންހެނެކެވެ. އަދި ކާރު ދުއްވަން އިނީ ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓުގައި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް