ސޫރިޔަވަންޝީގެ ޓްރެއިލާ ދައްކާލައިފި

ފިލްމުގެ މަންޒަރެއް---

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ރޯހިތު ޝެޓީގެ ފިލްމު 'ސޫރިޔަވަންޝީ'ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބޮލީވުޑްގެ އޭ ލިސްޓްގެ ތަރިން ކަމަށްވާ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަންވެސް މި ފިލްމުން ފެނިގެންދާއިރު މި ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ބަތަލާ ކެޓްރީނާ ކެއިފް އެވެ. 'ސޫރިޔަވަންޝީ' އަކީ 'ސިންގަމް' އަދި 'ސިމްބާ'ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް 'ސިންގަމް' ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

ފިލްމުގެ ވިލަންގެ ރޯލު ކުޅޭނީ ނިކިތިން ދީރް އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް