"ކައިތީ"ގެ ހިންދީ ރީމޭކަށް އަޖޭ ސޮއިކޮށްފި

އަޖޭ ދޭވްގަން----

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ކައިތީ"ގެ ހިންދީ ރީމޭކެއް ހެދުމަށް އިއުލާންކުރީންސުރެވެސް ދެކެވެމުން އައި ވާހަކަ އަކީ ފިލްމުގެ ލީޑު ތަރިއަކީ ކޮބާ ކަމުގެ ވާހަކަ އެވެ.

ބައެއް ހަބަރުތަކުން ބުނި ގޮތުގައި އެ ފިލްމުގެ ލީޑު ތަރިއަކަށް ހަމަޖެއްސީ ރިތިކް ރޯޝަން އެވެ. ނަމަވެސް އަނެއް ބައި ރިޕޯޓްތަކުން ބުނިގޮތުގައި އެ ފިލްމު ކުޅުމަށް އެންމެ ފުރުސަތު ބޮޑީ އަޖޭ ދޭވްގަން އަށެވެ.

ވާހަކަތައް ދެކޮޅަށް ކިރެމުން ގޮސް މިހާރު މި ވަނީ ފިލްމުން ފެނިގެންދާނީ ކޮން ތަރިއެއްކަން އެނގި ހާމަވެފައެވެ. ބޮލީވުޑްގެ ބަތަލު އަޖޭ ދޭވްގަން މިހާރު މިވަނީ ކައިތީގެ ހިންދީ ރީމޭކް ކުޅުމަށް ސޮއިކޮށް އެއްބަސްވެފަ އެވެ. ރިލަޔަންސް އެންޓަޓައިންމަންޓުން ރައިޓްސް ހޯދި އެ ފިލްމުގެ އެކްޓަރާ ބެހޭގޮތުން އެ ޓީމުން ބުނީ އަޖޭ އާއެކު ފިލްމެއް ހެދުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ލޮކޭޝް ގަނަގަރާޖް ޑައިރެކްޓްކުރި އެ ފިލްމަކީ އެކްޝަން ތްރިލާއެކެވެ. މި ފިލްމަކީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ހިންދީ ރީމޭކް ގެނެސްދޭނީ ރިލައިންސް އެންޓަޓައިންމަންޓާއި ޑްރީމް ވޮރިއާޒް ޕިކްޗާޒް ގުޅިގެންނެވެ.

comment ކޮމެންޓް