ފުރަތަމަ ފަހަރަށް ކަރިޝްމާ އާއި ކަރީނާ އެކުގައި ސްކްރީނުން

ކަރިޝްމާ ކަޕޫރު އާއި ކަރީނާ ކަޕޫރު---

ދެހާސް އެއްވަނަ އަހަރު ރިލީޒްކުރި ފިލްމު "ޒުބޭދާ"ގެ ދެވަނަ ބައެއް ހަދަން ނިންމައި އެ ފިލްމުގެ ކާސްޓަށް ދެބޭން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރު ހަމަޖައްސައިފިކަމަށް ހަބަރުތައް ބުނެއެވެ.

މި ފިލްމަކީ 2001 ވަނަ އަހަރު ކަރިޝްމާ ކަޕޫރު ލީޑު ރޯލުން ފެނިގެންދިޔަ ފިލްމެކެވެ. "ޒުބޭދާ" އަކީ ޝިއާމް ބެނެގާލް ޑައިރެކްޓްކުރި ފިލްމެކެވެ. އެ ފިލްމަކީ ޝާހީ އާއިލާއަކަށް ނިސްބަތްވާ ލިޔުންތެރިޔާ ޚާލިދު މުހައްމަދުގެ މަންމަގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޚާލިދު ބުނީ މި ފިލްމު ކުޅުމަށް ކަރިޝްމާ އަށާއި އޭނާގެ ކޮއްކޮ ކަރީނާ އަށް އަދި ހުށަނާޅާކަމަށެވެ. ފިލްމު ކުޅުމާމެދު ރަސްމީކޮށް ވާހަކަތަކެއް ނުދެކެވުނު ކަމުގައި ވީނަމަވެސް މި ފިލްމަށް ކުޅުމަށް ބޭނުންވަނީ އެދެބެއިން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އުންމީދަކީ މި ފިލްމުކުޅުމަށް ކަރީނާ ވެސް އެއްބަސްވުންކަމަށެވެ.

ނެޝަނަލް އެވޯޑްގެ މޮޅު ބަތަލާގެ ކްރިޓިކްސް އެވޯޑް ވެސް ކަރިޝްމާ އަށް ވަނީ އެ ފިލްމުގެ "ޒުބޭދާ"ގެ ރޯލު ކުޅެގެން ލިބިފައެވެ.

comment ކޮމެންޓް