ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަން ކުރާ އެމްޑީޕީން ކުރިމަތިލީ ވަރުގަދަ ޕްލޭނަކާ އެކު އެވެ. އަނެއް ދިވެހިރާއްޖެއަށް އަލިވިލޭ ރަށްވެހި ފަތިހުގެ އަމާޒައިގެންނެވެ.
އެކަމަކު މި ރަށްވެހި ފަތިހުގެ ވާހަކަ އިފްތިތާހުކުރުމަށް މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ޖެހި ގޮނޑީގެ ދެބައިކުޅަ އެއްބައިވެސް ނުފުރުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި މީހުން ވަރަށް މަދެވެ.
އެކަމަކު ކްރައުޑުގެ މަދު އަދަދު އެމްޑީޕީން ޖަސްޓިފައި ކޮށްދިނެވެ؛ ރަށްވެހި ފަތިސް ކެމްޕޭން ޕާޓީން ލޯންޗުކުރީ އެއް ވަގުތެއްގައި، ރާއްޖޭގެ އެކި ރަށްރަށުގަ އެވެ. މާލެއިން މީހުން ރަށްރަށުގެ ޖަލްސާތަކަށް ދިޔުމުން ޕާޓީގެ ސަޕޯޓަރުން ޖަލްސީއިން ފެނުނުލެއް މަދުވީ ކަމަށް ބުންޏެވެ.
އެހެން ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ. އަދި ސަރުކާރުން ވައުދުތައްވެސް ނުފުއްދޭ ކަމަށެވެ. ނަމަވެސް މާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނީވެސް އެމްޑީޕީއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑު އިންތިހާބެއް ބޯމަތިވެފައިވާއިރު، އެމްޑީޕީގެ ކްރައުޑް މަދުވުމަކީ އޭގެ ޒާތުގައި ސިޔާސީ ގޮތުން ބޮޑު ވާހަކައެއް ބުނެދޭ ކަމެކެވެ. "ސަން"ގެ އެސިސްޓެންޓް އެޑިޓަރު، އިބްރާހިމް މާހިލް މުހައްމަދު މި ކިޔައިދެނީ ސިޔާސީ އެ ބޮޑު މަންޒަރުން ބުނެދޭ ބޮޑެތި ވާހަކަތަކެވެ. ހަގީގަތްތަކެވެ.
ވީޑިއޯ އަދި އެޑިޓިންގް: މުހައްމަފު ޝަފީއު، މާޝާ ނައީމް އަދި އިބްރާހިމް މިސްބާހް