ކޮރަޕްޝަން ބަލާ ކޮމިޝަނުން އާސް އިސްތިއުފާ ދެއްވައިފި

އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރުން -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ބެލުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މެންބަރު އާސް އަބްދުﷲ ކޮމިޝަނުން އިސްތިއުފާ ދެއްވައިފި އެވެ.

ކޮމިޝަނުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާ، އާސް ފޭސްބުކްގައި ވިދާޅުވީ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ކޮމިޝަނުގެ މެންބަރަކަށް އައްޔަނު ކުރައްވައި ދެއްވި ފުރުސަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް އާސް ވިދާޅެއް ނުވެ އެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"ގެ ނަމުގައި ކޮމިޝަނެއް އުފައްދާފައި ވަނީ 2018 ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުގައި މިހާރު ތިއްބަވަނީ ކޮމިޝަނުގެ ރައީސް އަހުމަދު އަސްއަދުގެ އިތުރުން މެންބަރު ނަދީމް އިބްރާހީމް އާއި ފާތިމަތު ސަރީރާ އަލީ ޝަރީފެވެ.

އެ ކޮމިޝަނަކީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ހިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގުކޮށް އިންސާފު ގާއިމް ކުރުމަށް އުފެއްދި ކޮމިޝަނެކެވެ.

comment ކޮމެންޓް