ކަރީނާގެ "ގުޑް ނިއުސް" އެމެޒޯންގައި

ގުޑް ނިއުސްގެ ޕޯސްޓަރެއް---

ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި "ގުޑް ނިއުސް" އެމެޒޯން ޕްރައިމް އިން ސްޓްރީން ކުރަން ފަށައިފި އެވެ.

ފިލްމު އެޅުވިތާ 18 ދުވަސްތެރޭ "ގުޑް ނިއުސް" އަށް ވަނީ 300 ކުރޯޑުގެ އާމްދަނީ އެއް ލިބިފަ އެވެ. އަކްޝޭ ކުމާރު އާއި ކަރީނާ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ރާޖް މެހެތާގެ ފިލްމެކެވެ.

ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ.

އަކްޝޭ އާއި ކަރީނާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދިލީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ. ކްރިޓީކް ތަރަން އާދަޝް ވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ދާދި ފަހުން ބަތަލާ ރާނީ މުކަރްޖީގެ ފިލްމު "މަރްދާނީ 2"ވެސް ވަނީ އެމެޒޯން އިން ސްޓްރީމްކުރަން ފަށައިފަ އެވެ.

comment ކޮމެންޓް