ރިހިވެލި ރިސޯޓުކައިރިން ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ކ. ރިހިވެލި ރިސޯޓް--

ކ. މަހާނައެޅިހުރާ (ރިހިވެލި ރިސޯޓު) ކައިރިއަށް ސްނޯކަލިންއަށް ގޮސްއުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

އެ ހާދިސާގައި މަރުވެފައިވަނީ 48 އަހަރުގެ ޔުކެރޭންގެ ފިރިހެން ފަތުރުވެރިއެކެވެ.

އޭނާ ގެނބިގެން މިއަދު ހެނދުނު 11:39 ކަންހާއިރު މިއަދު ރިޕޯޓްކުރި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ފަހުން ވަނީ ގުރައިދީ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ. އަދި އެ ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަރުވެފައިވަނީ ފިޓް ޖެހިގެން ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފަތުރުވެރިން ގެނބުމުގެ ހާދިސާތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ހިނގައެވެ.

comment ކޮމެންޓް