ސާކް މިއުޒިކް ފެސްޓިވަލްގައި ދިވެހީންނަށް ފުރުސަތު ހުޅުވާލައިފި

ރަސްމިއްޔާތެއްގައި ބޮޑުބެރު ޖަހަނީ: ސާކްގެ ފެސްޓިވަލްގައި ރާއްޖޭގެ ސަގާފީ މިއުޒިކް ބައިވެރިކުރުމަށް ވަނީ ފުރުސަތު ދީފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސާކް ކަލްޗަރަލް ސެންޓަރު (އެސްސީސީ) އިން މި އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުގައި ބޫޓާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލްގެ "ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިއުޒިކް"ގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިއުޒިކްގެ ދާއިރާއިން ހަ މީހަކު ނޯމިނޭޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

އެ ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ހުރުމުގެ ކަންތައް ހަމަޖައްސައިދޭނެ ކަމަށް ސާކް ކަލްޗަރަލް ސެންޓަރުން ނިންމާފައިވާ ކަމަށް އެންސީއޭއިން ބުންޏެވެ. އެހެން ނަމަވެސް ބައިނަލްއަގުވާމީ އެފެއާޒްތައް ހަމަޖައްސަން ޖެހޭނީ ބައިވެރިން ވަކީން ކަމަށް އެންސީއޭ އިން ވަނީ ބުނެފަ އެވެ.

އެންސީއޭ އިން ބުނީ އެ ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް މިއަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރީން އެ ސެންޓަރަށް ސީވީ ހުށަހެޅުމަށެވެ.

comment ކޮމެންޓް